ޕްރެމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން

ކުޅިވަރު

ޓެން ހަގްގެ 50 ވަނަ ޕްރިމިއަރ ލީގް މެޗު މޮޅުވެއްޖެ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ނޮވެންބަރު 2023 , ހޮނިހިރު 23:45   539

ލޫޓަން ޓައުންއާ ދެކޮޅަށް ކުޅުނު މެޗަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގްގެ 50 ވަނަ ޕްރިމިއަރ ލީގް މެޗެވެ. މިމެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ގޯލެއް ކާމިޔާބުކުރުމުގެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ޔުނައިޓެޑްގެ ރަސްމަސް ހޮއިލަންޑަށެވެ. މެޗުގެ 10 ވަނަ މިނެޓުގައި ރަޝްފޯޑް ގޯލު އޭރިއާގެ ތެރެއަށް ކަނޑައިދިން ބޯޅަ ޖަހާލަން ލިބުނުކަމަކު، ލޫޓަންގެ ކީޕަރު ތޯމަސް ކަމިންސްކީ ވަނީ ވަރަށް ބޮޑު ސޭވްއެއްކޮށް މެޗުގެ ނަތީޖާ ހިފަހައްޓައިދީފައެވެ.

ދެވަނަ ފުރުސަތު ލިބިގެން ދިޔައީ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށެވެ. ރަޝްފޯޑް ވަނީ މިމެޗުގައި ކުޅެވުމާއެކު، 250 ޕްރިމިއަރ ލީގް މެޗު ކުޅުނު އެންމެ ޒުވާން ޔުނައިޓެޑް ކުޅުންތެރިޔާކަމުގެ މަގާމުވެސް ޙާޞިލްކޮށްފައެވެ. ރަޝްފޯޑަށް މަޑުން ޖަހާލެވުނު ބޯޅަ ޑިފްލެކްޝަނަކާއެކު ގޯލަށް ނުވަނީ ކިރިއާއެވެ.

މިމެޗުގައި ގިނައިން ކުޅެހެދީ ޔުނައިޓެޑް ކަމަކު، ލޫޓަން ޓައުން އިންވެސް ވަނީ ވަރަށް ގަދަޔަށް ގޯލް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ފުރުސަތު ލޫޓަން ޓައުންއަށް ލިބިގެންދިޔައީ ކާރލްޓަން މޮރިސްއަށެވެ. އެއްވެސް ޔުނައިޓެޑްގެ ކުޅުންތެރިޔަކު މާކު ނުކޮށް ހުއްޓާ ލިބުނު ފުރުސަތު ، ގޯލާ ދިމާލަށް ޖަހާލިއެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާ ވަނީ ޑައިވިން ސޭވްއެއް ކޮށްފައެވެ. މި ފުރުސަތު މޮރިސްއަށް ލިބިގެން ދިޔައީ ފުރަތަމަ ހާފްނިމެން ވަރަށް ކައިރިވެފައި ވަނިކޮށެވެ.

ހޮއިލަންޑް ވަނީ ގޯލެއް ޖެހުމުގެ ފުރުސަތެއް މެޗުގެ 2 ވަނަ ހާފް ފެށުމާއެކު ވަރަށް އަވަހަށް ލިބިފައެވެ. ނަމަވެސް ބޮލުން ޖައްސައިލި ބޯޅަ ދިޔައީ ގޯލުގެ ވާތުފަޅިން ބޭރަށެވެ. ފަހުން ހޮއިލަންޑް ވަނީ އިންޖަރީއެއް ވުމާއެކު މެޗުން ފައިބާފައެވެ.

ޔުނައިޓެޑްގެ ހަމައެކަނި ގޯލު މިމެޗުން ކާމިޔާބުކޮށްދީފައިވަނީ ގާތްގަނޑަކަށް 3 އަހަރުވަންދެން ގޯލެއް ކާމިޔާބުކުރުމުގެ ފުރުސަތެއް ނުލިބިފައިވާ ޔުނައިޓެޑްގެ ސްވީޑިޝް ޑިފެންޑަރު ވިކްޓަރ ލިންޑެލޮފް އެވެ. ލިބުނު ހުސް ބޯޅައެއް 59 ވަނަ މިނެޓުގައި ވަނީ ވަރަށް ފަސޭހަކަމާއެކު ގޯލެއް ޖަހާފައެވެ.

މާކަސް ރަޝްފޯޑް އަދި ސްކޮޓް މެކްޓޮމިނޭއަށް ވަނީ 2 ފަހަރެއް މަތިން 2 ގޯލު ޖެހުމުގެ ފުރުސަތު 70 ވަނަ މިނެޓުގައާއި 81 ވަނަ މިނެޓުގައި ލިބިފައެވެ. ނަމަވެސް ލޫޓަންގެ ކަމިންސްކީ ވަނީ 2 ޝޮޓުވެސް ނަގާފައެވެ.

ޓެންހަގް އަށް ވަނީ މިމެޗުގައި ރީނދޫ ކާޑެއްވެސް ދައްކާފައެވެ. މިއީ ޓެންހަގް ގެ މިސީޒަނުގެ 3 ވަނަ ކާޑުކަމަށްވުމާއެކު، ދެން އަންނަ ގޭމްވީކަށް ޓެންހަގް ވަނީ ސަސްޕެންޑް ކުރެވިފައެވެ.

މިމޮޅާއެކީ ޔުނައިޓެޑްވަނީ ތާވަލުގެ 6 ވަނައަށް އަރާފައެވެ. ލޫޓަން އަދިވެސް ވަނީ 17 ވަނައިގައެވެ. މެޗުގެ މޭން އޮފް ދަ މޭޗް ލިބިފައިވަނީ ޔުނައިޓެޑްގެ ވިކްޓަރ ލިންޑެލޮފް އެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް މެންޗެސްޓަރ ޔުނައިޓެޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.