ލޯގޯ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ކުޅިވަރު

ޔޫރޮޕާ ލީގުގެ އާ ލޯގޯ ލީކުވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 12 ނޮވެންބަރު 2023 , އާދީއްތަ 13:44   415

2025 ވަނަ ސީޒަނުން ފެށިގެން ޔޫރޮޕާ ލީގުގައި ބޭނުން ކުރެވެމުން ދާނީ މުޅިން އާ ލޯގޯއެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކަށް ފެންނަގޮތުގައި، ބޭނުން ކުރެވިފައިވާ ކުލައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ލޯގޯގެ ބޭރުގައިވާ ބޯޑަރާއި ޔޫރޮޕާ ތަށީގެ ޑިޒައިނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި ލޯގޯގެ ބަދަލު ކަށަވަރު ކުރެވިފައިވަނީ ކިޕްސްޓަރ އަދި ޔޫ.އީ.އެފް.އޭ ގެ އާ ބޯޅަ ޑީލެއް ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޑީލަކީ 2027-2024 އަށް ސޮއި ކުރެވުނު ޑީލެކެވެ. މި ރަސްމިއްޔާތުގައި ފަހަތުގެ ބޯޑުގައި ވަނީ ޔޫރޮޕާ އަދި ކޮންފަރެންސް ލީގުގެ ލޯގޯ ޖަހާފައެވެ. އޭގައި ޔޫރޮޕާގެ އާ ލޯގޯ ވަނީ ބޭނުން ކުރެވިފައެވެ. ޔޫރޮޕާ އަދި ކޮންފަރެންސްގެ ފޮންޓުވެސް ވަނީ ކުޑަކުޑަ ބަދަލެއް ގެނެސްފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.