ޗެލްސީ ވިމެންސް އެވަރޓަން ވިމެންސް ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

ވިމެންސް ސުޕާ ލީގު، ޗެލްސީ ވިމެންސް އެވަރޓަން ވިމެންސް ބަލިކޮށް ގަދަކޮށްލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 ނޮވެންބަރު 2023 , ހޯމަ 10:07   440

މިފަހަރުގެ ވިމެންސް ސުޕާ ލީގުގެ ޗެމްޕިއަން، ޗެލްސީ ވިމެންސް މެޗަށް ނިކުތީ ވަރަށް ހިތްވަރާއި ޢަޒުމާ އެކީއެވެ. އެންމެ ފަހުން އެވަރޓަން ވިމެންސް އާއި ޗެލްސީ ވިމެންސް ވާދަކުރި މެޗު ޗެލްސީއިން ވަނީ 7 ލަނޑުޖަހާ މެޗު މޮޅުވެފައެވެ. އަދި އެ މެޗުވީ ޗެލްސީ ވިމެންސް 4 ވަނަ އަހަރަށް ޖެހިޖެހިގެން ލީގު ނެގި މެޗަށެވެ.

މެޗު ފެށިގެން ދިޔައީ އެވަރޓަން ވިމެންސް އިން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންނެވެ. ނަމަވެސް، ޗެލްސީ ވިމެންސްގެ ޑިފެންސުން އެއްވެސް ވަރަކަށް ބޯޅަ ކުޅެވޭ ގޮތެއް ދިމާނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޗެލްސީ ވިމެންސްގެ ކެނަޑާއަށް ނިސްބަތްވާ ޖެސީ ފްލެމިންގެވެ. ޗެލްސީ ވިމެންސްގެ 2 ކުޅުންތެރިން ކަމަށްވާ ސޭމް ކޭރް އަދި ސިޔޯކަ ނުސްކެން އެވަރޓަން ވިމެންސްގެ ގޯލާއި ކައިރީގައި ބޯޅަ ގެންގުޅެނިކޮށް ކޭރް އަތުން ދޫވި ބޯޅަ އެވަރޓަން ވިމެންސްގެ ޑިފެންޑަރެއް ނުނެގެނީސް ފްލެމިންގް އައިސް ވަނީ ވަރަށް ބާރަށް ގޯލާ ދިމާލަށް ފޮނުވާ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ހައިލައިޓްސް

މިގޯލަށްފަހު އެވަރޓަން ވިމެންސް ޓީމުން ދިޔައީ ވަރުގަދަ ހަމަލާތައް ޗެލްސީ ވިމެންސް ޓީމުގެ ކީޕަރު އޭން ކޭޓްރިން ބާރގާރ އަށް ދެމުންނެއެވެ. ނަމަވެސް ބާރގާރ ވަނީ ވަރަށް މުހިންމު ސޭވްތަކެއް ކޮށްފައެވެ. ކޮންމެއަކަސް، މެޗުގެ ދެވަނަ ގޯލުވެސް ޖަހައިދީފައިވަނީ ޗެލްސީ ވިމެންސްއިންނެވެ. މިފަހަރު ޖަހައިދިނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ސޭމް ކޭރެވެ. ޔޯހާނާ ރީޓިންގް ކަންރީޑްގެ ރީތި ބޯޅަ އެއްފަހަރުން ކޭރް ވަނީ ނިންމާލާފައެވެ. މާގިނަ އިރުތަކެއް ނުވެ ޗެލްސީ ވިމެންސްއިން ވަނީ 3 ވަނަ ގޯލުވެސް ކާމިޔާބުކޮށްފައެވެ. މިގޯލު ޖެހީ ޗެލްސީ ވިމެންސްގެ ޒުވާން ކުޅުންތެރިޔާ ކަމަށްވާ އެގީ ބީވާ-ޖޯންސް އެވެ.

ޗެލްސީ ވިމެންސް ދެން އޮތީ ވިމެންސް ޗެމްޕިއަންސް ލީގުގައި ރިއާލް މެޑްރިޑާ ދެކޮޅަށެވެ.

ޓެގްސް: ޗެލްސީ އަންހެނުންގެ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.