ރޭ ލިވަރޕޫލް ކުޅުނު މެޗުގައި ގޯލެއް ޖެހުމަށްފަހު އެޓީމުގެ ސްޓްރައިކަ މުޙައްމަދު ޞަލާޙު އުފާ ފާޅުކުރަނީ

ކުޅިވަރު

ފުޓުބޯޅަ: ސަލާހުގެ 2 ގޯލާއެކު ލިވަރޕޫލް އިން ބްރެންޓްފޯޑް ބަލިކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 13 ނޮވެންބަރު 2023 , ހޯމަ 10:16   492

ލިވަރޕޫލްގެ މުހައްމަދު ސަލާހު ވަނީ ބްރެންޓްފޯޑާ ދެކޮޅަށް 2 ގޯލު ޖަހައިދީ 0-3 ގެ ނަތީޖާއަކުން ލިވަރޕޫލް މޮޅުކޮށްދީފައެވެ. މި ނަތީޖާއާއެކީ ލިވަރޕޫލް ވަނީ ލީގުގެ ދެވަނައަށްވެސް އަރާފައެވެ. ސަލާހު ޖެހި 2 ގޯލާއެކީ މިހާރު ވަނީ މިސީޒަނުގައި 10 ގޯލު ޖަހާފައެވެ. އެއީ މެންޗެސްޓަރ ސިޓީގެ އަރލިންގް ހާލަންޑް އަށްވުރެ 1 ގޯލު މަދެވެ. މިމެޗުގެ 3 ވަނަ ގޯލު ޖެހީ ޑިއޯގޯ ޖޮޓާއެވެ. ލިވަރޕޫލް އިން ވަނީ އަދި 2 އޮފްސައިޑް ގޯލުވެސް ޖަހާފައެވެ. މި ގޯލުތައް ޖެހީ ޑަރވިން ނޫނޭޒެވެ.

ބްރެންޓްފޯޑް ވީ ލިވަރޕޫލް ކޮޅަށް ވަރަށް އެޓޭކް ކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ ބްރަޔަން އެމްބުއޭމޯ އަށް އެކަނި ޖަހާލަން ފުރުސަތެއް ލިބިގެން ދިޔައެވެ. ނަމަވެސް ލިވަރޕޫލްގެ ކީޕަރު އެލިސަން ވަނީ އެމްބުއޭމޯގެ ޝޮޓު ފަސޭހަކަމާއެކީ ނަގާފައެވެ.

ލިވަރޕޫލްއިން ސަލާހުގެ ފުރަތަމަ ގޯލުޖެހީ ފުރަތަމަ ހާފް ނިމެން 6 މިނެޓަށް ވަނިކޮށެވެ. މިގޯލާއެކީ ސަލާހު ވަނީ ވަރަށް ބޮޑު ޝަރަފެއް ހޯދާފައެވެ. ސަލާހަކީ ލިވަރޕޫލް އެންފިލްޑުގައި އެއް ސީޒަނެއްގެ ތެރޭގައި ކުޅުނު ފުރަތަމަ 6 މެޗުގައި ޖެހިޖެހިގެން ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި ހަމައެހެންމެ އަލަން ޝިއަރާ އަދި ތިއޭރީ އޮންރީ ފަދައިން 15 ޕްރިމިއަރ ލީގު މެޗުގައި ޖެހިޖެހިގެން ގޯލެއް ނުވަތަ އެސިސްޓެއް ކޮށްފައެވެ. ސަލާހުގެ ދެވަނަ ގޯލު ޖަހާފައިވަނީ ކޮސްޓަސް ސިމިކަސް ކަނޑައިދިން ބޯޅައެއް ބޮލުން ޖަހައިގެންނެވެ. އަދި ފާހަގަކޮށްލަން ޖެހޭ ކަމެއްގެ ގޮތުގައި، މި ގޯލަކީ ސަލާހުގެ 119 ވަނަ ގޯލް އިންވޯލްވްމެންޓެވެ. ސިމިކަސް ވަނީ ޑިއޯގޯ ޖޮޓާއަށްވެސް އެސިސްޓް ކޮށްފައެވެ.

މެޗުގެ އުސްއަލިތައް

މިސީޒަނުގައި އެންފީލްޑުގައި ކުޅުނު ހުރިހާ މެޗަކުން ލިވަރޕޫލް މޮޅުވުމާއެކު، ލިވަރޕޫލް ވަނީ ތާވަލުގެ 2 ވަނައަށް އަރާފައެވެ. ބްރެންޓްފޯޑް ވަނީ ތާވަލުގެ 11 ވަނައިގައެވެ. މޭން އޮފް ދަ މެޗަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ލިވަރޕޫލްގެ މުހައްމަދު ސަލާހެވެ.

ޓެގްސް: ފުޓުބޯޅަ ލިވަރޕޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.