ލީކުވެފައިވާ ޖޯޒީއެއްގެ ފޮޓޯއެއް، ލީކުވެފައިވާ ޖޯޒީ ތަކަކީ ޔޫރޯ 2024 ގައި ވެސް ބޭނުންކުރާނެ ޖޯޒީތައް

ކުޅިވަރު

ފުޓުބޯޅަ: އެޑިޑަސްގެ އެލީޓް ޓީމްތައް 2025/2024 ގައި ބޭނުންކުރާނެ ޖަރޒީ ޑިޒައިން ލީކުވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 13 ނޮވެންބަރު 2023 , ހޯމަ 10:23   524

އެޑިޑަސް އިން ވަނީ ޖަރޒީތައް ހަދައިދޭ ޓީމުތަކަށް އެކި ޑިޒައިންތަކެއް ތަޢާރަފްކޮށްދީފައެވެ. މިފަހަރުވެސް ވަނީ މުޅިން އާ ޑިޒައިނެއް ތަޢާރަފްކޮށްދީފައެވެ.

މިޑިޒައިން ބޭނުންކުރެވިގެންދާނީ ޔޫރޯ 2024 ގައި އެޑިޑަސްގެ ޓީމުތަކަށާއި 2025/2024 ވަނަ ސީޒަނުގައި އެޑިޑަސްގެ ހުރިހާ އެލީޓް ޓީމުތަކުގެ ގޯލްކީޕަރު ކިޓަށެވެ. މިޑިޒައިނަށް ކިޔާ ޚާއްސަ ނަމަކީ "ޓީރޯ 24 ކޮމްޕެޓިޝަން ޖީކޭ" އެވެ.

ޓީމުތަކަށް ޚާއްސަ ކުލަތަކެއް ނެރެން އެޑިޑަސް އިން ވަނީ ނިންމާފައެވެ. ނަމަވެސް އާއްމުގޮތެއްގައި އެއްވެސް ޓީމަކަށް ނިސްބަތްވުނާ ގޮތަށް ހަދާ ޖަރޒީތަކުގައިވެސް މިޑިޒައިން ބޭނުންކުރެވިގެންދާނެއެވެ. މި ޑިޒައިނުގެ މައިގަނޑު 2 ކުލައެއްވެއެވެ. އެއީ ނޫ ކުލައާއި ފިޔާތޮށި ކުލައެވެ. ދިގުކޮށް އަދި ހަތަރުއަނގޮޅިއަށް، އަދި ހަމަ އެހެންމެ ތިކިތަކުގެ ތަފާތު ޑިޒައިންތަކާއެކީ ހުރި މި ޖަރޒީ އަކީ ނައިކީގެ "ގަރޑިއެން 5" ގެ އިދިކޮޅަށް އެޑިޑަސްއިން ނެރެފައިވާ ޑިޒައިނެވެ.

އެޑިޑަސްގެ މިޑިޒައިނުގައި ގޯލްކީޕަރުގެ ޖަރޒީ ލިބޭނެ ޓީމުތަކުގެ ތެރޭގައި ޕްރިމިއަރ ލީގުގެ އަރސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ހިމެނެއެވެ. ލަލީގާ ގެ ރިއާލް މެޑްރިޑަށްވެސް ލިބޭނެއެވެ. ސެރީ އާ ގެ ޔޫވެންޓަސް އަށްވެސް ލިބޭއިރު ޖެހިޖެހިގެން 10 ސީޒަނުގެ ބުންޑެސްލީގާ ޗެމްޕިއަންކަން ނަގާފައިވާ ބަޔާން މިއުނިކަށްވެސް ލިބޭނެއެވެ.

ޓެގްސް: ފުޓުބޯޅަ ޔޫރޯ 2024
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.