ރޭގައި ސޯފީ ހޯގު އަދި ލިވަރޕޫލް ވިމެންސް ބައްދަލުކުރި މެދުވެގެތެރެއިން

ކުޅިވަރު

އަންހެނުންގެ ފުޓުބޯޅަ: ސޯފީ ހޯގުގެ ގޯލާއެކީ ލިވަރޕޫލް ވިމެންސް އިން ޓޮޓެންހަމް ވިމެންސް މަޑުޖައްސާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 13 ނޮވެންބަރު 2023 , ހޯމަ 10:36   495

ނޯރވޭއަށް ނިސްބަތްވާ ސޯފީ ހޯގު ވަނީ ލިވަރޕޫލް ވިމެންސް ޓީމަށް ގޯލު ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރު ނަތީޖާއެއްގެ ގޮތަށް ނިންމާފައެވެ. މި ނަތީޖާގެ ސަބަބުން ޓޮޓެންހަމް ވިމެންސަށްވަނީ ތާވަލުގައި މައްޗަށް ޖައްސާލުމުގެ ފުރުސަތުވެސް ގެއްލިފައެވެ.

ޓޮޓެންހަމް ވިމެންސްގެ ސެލިން ބިޒެޓް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް ވިމެންސަށް ގޯލު ޖަހައިދީ ކުރިހޯދައިދީފައެވެ. ޓޮޓެންހަމް ވިމެންސްގެ މެނޭޖަރ ، ރޮބާޓް ވިލަހަމް ބުނި ގޮތުގައި މި ނަތީޖާއަކީ ވަރަށް ހަމަހަމަ، ގަބޫލުކުރަން ދަތި ނަމަވެސް ފިލާވަޅެއްގެ ގޮތުގައި ނަގަންޖެހޭ އެއްޗެއް ކަމަށެވެ.

ޓޮޓެންހަމް ވިމެންސްއަށް މެޗު މޮޅުވުމުގެ ފުރުސަތު ލިބިގެން ދިޔައީ ޖެސިކާ ނާޒް އަށެވެ. ނަމަވެސް މި ފުރުސަތު ސޭވް ކުރީ ލިވަރޕޫލް ވިމެންސްގެ ލޯސް އެވެ. މެޗްގެ ޕޮސެޝަނަށް ބަލާލިކަމުގައިވިޔަސް ޓޮޓެންހަމް ވިމެންސް ވަނީ 57 އިންސައްތައިގެ ޕޮސެޝަންގައި ހިފަހައްޓާލާފައެވެ. 11 ޝޮޓު ޖެހިކަމުގައިވިޔަސް ލިވަރޕޫލް ވިމެންސްގެ ޑިފެންސުން ވަނީ ވަރަށް މުހިންމު ރިކަވަރީތައް ހަދައި މެޗުގެ ނަތީޖާ އެތައް ފުރުސަތެއްގެ މަތިން ދިފާޢު ކޮށްދީފައެވެ.

މި ގޯލަކީ ލިވަރޕޫލްގެ ސޯފީ ހޯގު ލިވަރޕޫލް ވިމެންސަށް ޖަހައިދިން ފުރަތަމަ ގޯލު ކަމަށްވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ސޯފީ ލިވަރޕޫލް ވިމެންސާ މިސީޒަނުގައި ގުޅުނީ އޭ އެސް ރޯމާއިންނެވެ. ލިވަރޕޫލް ވިމެންސަށް މެޗު މޮޅުވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެޓީމުގެ ގެމްމާ ބޮނާއަށް ލިބުނެވެ. ނަމަވެސް ޖެހި ޝޮޓު ގޯލާ އަމާޒުނުވީއެވެ. ޓޮޓެންހަމް ވިމެންސް ގެ ކުޅުންތެރިޔާ އޮލްގާ އާޓިނެންއަށް ވަނީ ވަރަށް ބޮޑު އަނިޔާއެއްވެސް ލިބިފައެވެ. ސްޓްރެޗަރ ގައި އޮލްގާ ޖެހުނީ މެޗުން ފައިބާށެވެ. އަދި ހަމަ އެހެންމެ ކުޑަ އަނިޔާއެއް އެޓީމުގެ ލުއާނާ ބޫލާއަށް ވަނީ ލިބިފައެވެ.

ލިވަރޕޫލް ވިމެންސް ދެން ކުޅޭނީ ވިމެންސް ސުޕާ ލީގުގެ ޗެމްޕިއަން ، ޗެލްސީ ވިމެންސް އާ ދެކޮޅަށެވެ.

ޓެގްސް: އަންހެނުންގެ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.