މިފަހަރުގެ ކްލަބް ވޯރލްޑް ކަޕް ލޯގޯ

ކުޅިވަރު

ފީފާ ކްލަބް ވޯރލްޑް ކަޕް މި ޑިސެމްބަރުގައި ފެށެނީ

[email protected] - ދުނިޔެ | 15 ނޮވެންބަރު 2023 , ބުދަ 08:33   686

ފީފާ ކްލަބް ވޯރލްޑް ކަޕް 2023 ފެށެން ހަމަޖެހިފައިވަނީ 12 ޑިސެމްބަރުގައެވެ. މިއީ 20 ވަނަ ކްލަބް ވޯރލްޑް ކަޕް މުބާރާތެވެ.

މިއީ ފީފާއިން 6 ކޮންޓިނެންޓަލް ކޮންފެޑެރޭޝަން ޗެމްޕިއަނުން އަދި ހޯސްޓް ގައުމުގެ ލީގް ޗެމްޕިއަންގެ މެދުގައި ކުޅުމަށް ހަމަޖައްސާފައިވާ މުބާރާތެކެވެ. މިމުބާރާތުން މޮޅުވާ ޓީމަކަށް ވޯރލްޑް ކަޕް މޮޅުވީމާ ގައުމީ ޓީމުތަކުގެ ޖަރޒީގައި ޖަހާ ބެޖެއް ކަހަލަ ކްލަބް ވޯރލްޑް ކަޕް ބެޖެއް ޖަހައިގެން މެޗުތައް ކުޅުމުގެ ޝަރަފު ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ ، ދުނިޔޭގެ ކްލަބް ޗެމްޕިއަންގެ މަޤާމުވެސް ލިބިގެންދާނެއެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިޔާގައެވެ. މިއީ 7 ޓީމު މުބާރާތް ސިސްޓަމަށް ކުޅެވޭ ފަހު ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެހެނީ 2025 އިން ފެށިގެން މުބާރާތުގައި 25 ޓީމު ވާދަކުރާގޮތަށް ވަނީ ފީފާއިން ހަމަޖައްސާފައެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ މިއީއެވެ. ޔޫއިއެފްއޭ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އިންގްލެންޑްގެ މެންޗެސްޓަރ ސިޓީ، ކޮޕާ ލިބަރޓަޑޮރެސްގެ ޗެމްޕިއަން ބްރެޒިލްގެ ފްލުމިނެންސް، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސް، ސީއޭއެފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން މިސްރުގެ އަލް އަހްލީ، ކޮންކަކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން މެކްސިކޯގެ ލިއޯން، އޯއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އޮސްޓްރޭލިއާގެ އޯކްލަންޑް ސިޓީ އަދި ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދެވެ.

އަލް އިއްތިހާދާއި އޯކްލަންޑް ސިޓީ ފުރަތަމަ ރައުންޑްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮންފެޑެރޭޝަން ތަކުގެ ރޭންކްތަކަށް ބަލައި އެއަށް ނިސްބަތްވާ ޓީމުތައް މުބާރާތަށް ވަންނާނީ މުބާރާތުގެ އެކި ހިސާބުންނެވެ. އެގޮތުން އަލް އަހްލީ، ލިއޯން އަދި އުރަވާ ރެޑް ޑައިމަންޑްސް މުބާރާތުގައި ކުޅެން ފަށާނީ 2 ވަނަ ރައުންޑުންނެވެ. ފްލުމިނެންސް އަދި މެންޗެސްޓަރ ސިޓީ ފަށާނީ ސެމީ ފައިނަލުންނެވެ.

މިމުބާރާތް ބާއްވާނީ ސައުދީގެ ޖެޑާގައެވެ. އަދި ކުޅޭނީ ކިންގް އަބްދުﷲ ސްޕޯރޓްސް ސިޓީ ސްޓޭޑިއަމާއި ޕްރިންސް އަބްދުﷲ އަލް ފައިސަލް ސްޓޭޑިއަމުގައެވެ.

ޓެގްސް: ފީފާ ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.