މިފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ލޯގޯ

ކުޅިވަރު

ޗެޕްމިއަންސް ލީގު 2024ގެ ފައިނަލްގެ ލޯގޯ ލީކުވެއްޖެ!

[email protected] - ޔޫރަޕް | 15 ނޮވެންބަރު 2023 , ބުދަ 07:48   681

މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ލޯގޯ ލީކުވެއްޖެއެވެ. މި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ. މިލޯގޯގައި ވަނީ ވެމްބްލީ ސްޓޭޑިއަމުގެ ކުރެހުމަކާއި ތަފާތު ފޮންޓެކެވެ.

މީގެ ކުރިން މަޝްހޫރު ކުޅުންތެރިޔާ ސުޕާމަންޑޭން ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ބްރޭންޑް އައިޑެންޓިޓީވެސް ނިކުންމާފައެވެ. އޭގައި ވަނީ ލަންޑަނުގެ ސަގާފީ ކުލަތަކާ ޑިޒައިން ތަކެވެ.

ކޮންމެ އަހަރަކުވެސް މިޑިޒައިން ޗޭންޖް ވާނެއެވެ. ނަމަވެސް ފައިނަލް ބާއްވާ ގައުމަކާ ގުޅޭގޮތަށް ހުރިހާ ލޯގޯތަކެއް ހަދާކަން ، އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

އެންމެ ފަހަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ވެމްބްލީގައި ކުޅެފައިވަނީ 2013 ގައެވެ. ޖަރުމަނުގެ ބަޔާން މިއުނިކް އަދި ޑޯޓްމަންޑް ކުޅުނު މިފޯރިގަދަ މެޗުން ބަޔާން ވަނީ މޮޅުވެ 5 ވަނަ ފަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ނަގާފައެވެ.

ޓެގްސް: ޔޫއެފާ ޗެމްޕިއަންސް ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.