ޔޫރޯ 2024 ގެ ފައިނަލް ކުޅޭ ސްޓޭޑިއަމް - އޮލިމްޕިއަާސްޓާޑިއޯން

ކުޅިވަރު

ޔޫރޯ 2024 ކުޅޭ ސްޓޭޑިއަމްތަކުގެ ކުރު ޚުލާސާއެއް

[email protected] - ޔޫރަޕް | 15 ނޮވެންބަރު 2023 , ބުދަ 18:23   518

ޔޫރޯ 2024 މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރމަނީގައެވެ. ޖަރމަނީ ވަނީ ޔޫރޯގެ ތަށި ތިންފަހަރެއްގެ މަތީގައި ކާމިޔާބުކޮށްފައެވެ. މިއީ 2006 ގައި ބޭއްވުނު ވޯރލްޑް ކަޕްގެ ފަހަށް ޖަރމަނީ ހޯސްޓްކުރާ ފުރަތަމަ ބޮޑު މުބާރާތެވެ. މިމުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 10 ސިޓީއެއްގައެވެ. '

ބަރލިންގައި ޔޫރޯގެ މެޗުތައް ކުޅޭނީ އޮލިމްޕިއަސްޓާޑިއޯން ބަރލިންގައެވެ. މިއީ 70،000 ސީޓު ހުރި ސްޓޭޑިއަމެކެވެ. އަދި ހަމައެހެންމެ ބުންޑެސްލީގާގައި ކުޅޭ ހާރތާ ބާރލިންގެ ހޯމް ސްޓޭޑިއަމެވެ. މިސްޓޭޑިއަމުގައި ކުޅެފައިވާ މަޝްހޫރު މެޗުތަކުގެ ތެރޭގައި 2006 ވޯރލްޑް ކަޕް ފައިނަލާއި 2015 ގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ހިމެނެއެވެ.

ކޮލޯންގައި ޔޫރޯގެ މެޗުތައް ކުޅޭނީ 47،000 ސީޓުގެ ސްޓޭޑިއަމް ކަމަށްވާ، ބުންޑެސްލީގާގެ އެފްސީ ކޮލޯންގެ ސްޓޭޑިއަމެވެ. މި ސްޓޭޑިއަމުގައި ކުޅެފައިވާ ފާހަގަކޮށްލެވޭ މެޗަކަށް 2020 ގެ ޔޫރޮޕާ ލީގު ފައިނަލް ހިމެނެއެވެ.

ޑޯޓްމަންގައި ޔޫރޯގެ މެޗު ކުޅޭނީ ދުނިޔޭގެ ނަން މަޝްހޫރު ސްޓޭޑިއަމް ކަމަށްވާ ބީވީބީ ސްޓާޑިއޯން ޑޯޓްމަންޑް ގައެވެ. މި ސްޓޭޑިއަމް ، ސިގްނަލް އިޑޫނާ ޕާކްގެ ނަމުންވެސް މަޝްހޫރުވަނީ ވެފައެވެ. 66،000 ސީޓުގެ މިސްޓޭޑިއަމަކީ ނަމުންވެސް އެނގޭނެ ފަދައިން ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމާންޑްގެ ސްޓޭޑިއަމެވެ. މިސްޓޭޑިއަމުގައި ކުޅެފައިވާ މަޝްހޫރު މެޗަކަށް 2001 ގެ ޔޫއެފާ ކަޕް ފައިނަލް ހިމެނެއެވެ.

ޑުސެލްޑޯފްގައި ޔޫރޯގެ މެޗު ކުޅޭނީ 47،000 ސީޓުގެ ޑުސެލްޑޯފް އެރީނާގައެވެ. މި ސްޓޭޑިއަމަކީ ބުންޑެސްލީގާ 2 ގައި ކުޅޭ ފޮރުޓޫނާ ޑުސެލްޑޯފްގެ ސްޓޭޑިއަމެވެ. މިސްޓޭޑިއަމަކީ 1988 ވަނަ އަހަރުގެ ޔޫއެފާ ޔޫރޮޕިއަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖް ގޭމްސް ކުޅެފައިވާ ސްޓޭޑިއަމެކެވެ.

ފްރެންކްފަޓްގައި ކުޅޭ ޔޫރޯގެ މެޗުތައް ކުޅޭނީ ފްރެންކްފަޓް އެރީނާގައެވެ. މިއީ 46،000 ސީޓުގެ ސްޓޭޑިއަމެކެވެ. އަދި ބުންޑެސްލީގާގެ ނަން މަޝްހޫރު ޓީމެއްކަމަށްވާ އައިންޓްރަކްޓް ފްރެންކްފަޓްގެ ސްޓޭޑިއަމެވެ. މިސްޓޭޑިއަމުގައި 2002 ގެ ޔޫއެފާ ވިމެންސް ކަޕް ފައިނަލާއި، 2006 ގެ ވޯރލްޑް ކަޕް ކުއާޓާ ވަނީ ކުޅެފައެވެ.

ގެލްސެންކިރްޝެންގައި ޔޫރޯގެ މެޗު ކުޅޭނީ 50،000 ސީޓުގެ އެރީނާ އައުފްޝާލްކާ ގައެވެ. މިސްޓޭޑިއަމަކީ ޝާލްކާގެ ހޮމް ސްޓޭޑިއަމެވެ. މިސްޓޭޑިއަމުގައި ވަނީ 2004 ގެ ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް އަދި 2006 ގެ ވޯރލްޑް ކަޕް ކުއާޓާ ކުޅެފައެވެ.

ހަމްބާރގް ގައި މެޗުތައް ކުޅޭނީ މަޝްހޫރު ހަމްބާގް އެސްވީގެ ސްޓޭޑިއަމް ކަމަށްވާ 50،000 ސީޓުގެ ފޮލްކްސްޕާރކްޝްޓާޑިއޯން ގައެވެ. މިއީ 2010 ގެ ޔޫރޮޕާ ލީގު ފައިނަލް އަދި 2006 ގެ ވޯރލްޑް ކަޕް ކުއާޓާ ގެ މެޗުތައް ކުޅެފައިވާ ސްޓޭޑިއަމެވެ.

ލައިޕްޒިގް ގައި ޔޫރޯ މެޗު ކުޅޭނީ އާރުބީ ލައިޕްޒިގް ގެ ސްޓޭޑިއަމް ކަމަށްވާ 42،000 ސީޓުގެ ލައިޕްޒިގް ސްޓޭޑިއަމުގައެވެ. މިސްޓޭޑިއަމުގައި 2006 ގެ ވޯރލްޑް ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތަކާއި ރައުންޑް އޮފް 16 ވެ މެޗުތައް ކުޅެވުނެވެ.

ސްޓުޓްގާޓް ގައި މެޗުތައް ކުޅޭނީ ބުންޑެސްލީގާގެ ޓީމުކަމަށްވާ ވީއެފްބީ ސްޓުޓްގާޓްގެ 54،000 ސީޓުގެ ސްޓުޓްގާޓް އެރީނާގައެވެ. މިސްޓޭޑިއަމުގައި 1998 ގެ ޔޫރޮޕިއަން ކަޕް ފައިނަލާއި، 2006 ގެ ވޯރލްޑް ކަޕްގެ 3 ވަނަ ހޮވާ މެޗު ވަނީ ކުޅެފައެވެ.

މިއުނިކްގައި ޔުރޯގެ މެޗު ކުޅޭނީ ބުންޑެސްލީގާގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ބަޔާން މިއުނިކްގެ ސްޓޭޑިއަމް ، 67،000 ސީޓުގެ އަލިއާންޒް އެރީނާގައެވެ. މިސްޓޭޑިއަމުގައި ކުޅެވުނު މުހިއްމު މެޗުތަކުގެ ތެރޭގައި ޔޫރޯ 2020 ގެ ކުއާޓާ އަދި 2012 ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ހިމެނެއެވެ.

ޔޫރޯގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ހާރތާ ބާރލިން ގެ ސްޓޭޑިއަމް، އޮލިމްޕިއާސްޓާޑިއޯން ގައެވެ.

އުސްއަލިތައް

ޓެގްސް: ޔޫރޯ 2024 ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.