ޔޫރޯ 2024 ގެ އޮފިޝަލް ބޯޅަ

ކުޅިވަރު

އެޑިޑާސް ޔޫރޯ 2024 ގެ ބޯޅަ "ފޫޒްބޮލީބަ" ލީކުވެއްޖެ!

[email protected] - ޔޫރަޕް | 15 ނޮވެންބަރު 2023 , ބުދަ 18:31   526

ޔޫރޯ 2024 ގައި ބޭނުންކުރާނެ ބޯޅަ ކަމަށްވާ ފޫޒްބޮލީބަ ގެ ފޮޓޯތަކެއް ލީކުވެއްޖެއެވެ. ފޫޒްބޮލީބަ ގެ މާނައަކީ "ފުޓްބޯޅައިގެ ލޯބި" އެވެ. މިބޯޅަ އޮފިޝަލްކޮށް އާންމުންނަށް ދައްކާލާނެކަމަށް ބުނެފައިވަނީ 2 ޑިސެމްބަރުގައެވެ. އެއީ ޔޫރޯ 2024 ގެ ޑްރޯ ނަގާ ދުވަހުއެވެ.

މިބޯޅައިގައި މައިގަނޑު ގޮތެއްގައި ވަނީ ހުދުކުލައެވެ. ކަޅާއި، ރަތާއި، ފެއްސާއި އަދި ރީނދުލުގެ އެކި ޑިސައިންތަކެއް އެކުލެވިގެންވާ މިބޯޅައިގައި ޔޫރޯ 2024 އަދި އެޑިޑާސް ގެ ލޯގޯ ހުންނާނީ ނޫ ކުލައިންނެވެ. މިކުލަތައް ނަގާފައިވަނީ ޔޫރޯ 2024 ގެ ލޯގޯއިންނެވެ. މިލޯގޯގައި ބައިވެރިވާ 24 ޓީމު ރަމްޒުކޮށްދެއެވެ.

މިބޯޅައިގެ ޕެނަލްތަކަކީ 2022 ގެ ވޯރލްޑް ކަޕް ބޯޅަ، އަލް ރިޙްލާގައިވެސް ބޭނުންކުރެވިފައިވާ ޕެނަލްތަކެވެ. ނަމަވެސް އެޑިޑަސް އިން ވަނީ ކުޑަކުޑަ ތަފާތުކަމެއް ގެނެސްފައެވެ.

ޓެގްސް: ޔޫރޯ 2024
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.