އިޓަލީ ޔޫކްރޭން ގެ މެޗް

ކުޅިވަރު

އިޓަލީ ޔޫރޯ 2024 އަށް، ޔޫކްރޭން ޕްލޭއޮފް އަށް

ހުސެން ހަމްދާން - ޔޫރަޕް | 21 ނޮވެންބަރު 2023 , އަންގާރަ 15:16   580

ޔޫރޯ 2024 އަށް އިޓަލީ ކޮލިފައިވީ ގްރޫޕް ސީ ކޮލިފައިންގެ ފަހު މެޗުގައި ޔޫކްރޭނާ ދެކޮޅަށް ހޯމަ ދުވަހު 0-0 އިން އެއްވަރު ވެގެންނެވެ. ނަމަވެސް ޔޫކްރޭނަށް އަދިވެސް ޕްލޭއޮފްގެ ތެރެއިން ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.

ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ގްރޫޕްގެ ދެވަނަ ހޯދީ ތިން ވަނައިގައި އޮތް ޔޫކްރޭނާ 14 ޕޮއިންޓާއެކު ހަމަހަމަވެ ހެޑް ޓު ހެޑް ރެކޯޑަކާ އެކު ރަނގަޅު ނަތީޖާއެއް ނެރެފައިވާތީއެވެ.

އިޓަލީން ގްރޫޕް ސްޓޭޖް ނިންމާލީ އޮކްޓޯބަރު މަހު ވެމްބްލީގައި އިޓަލީ އަތުން 3-1 އިން މޮޅުވެ ކޮލިފައިން ކަށަވަރުކުރި އިންގްލެންޑަށް ވުރެ ހަ ޕޮއިންޓް ފަހަތުންނެވެ.

މާޗް މަހު ކުޅޭ ޕްލޭއޮފް އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޔޫރަޕިއަން ޔޫރޯ ޗެމްޕިއަންޝިޕްގެ ޖާގައެއް ބުކް ކުރެވޭނެއެވެ. ޕްލޭއޮފްގެ ގުރުއަތުލުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ނިޔޯންގައެވެ.

މިފަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ބާއްވާނީ ޖަރުމަނުގައެވެ.

އިޓާލީ އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ އުސްއަލިތައް

ޓެގްސް: އިޓަލީ ފުޓުބޯޅަ ޔޫރޯ 2024
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.