ޕޫމާއިން މިހާރު އެއްބަސްވެފައިވާ ޑީލްތައް

ކުޅިވަރު

ފުޓުބޯޅަ، އޮފިޝަލް ބޯޅަތައް ހެދުމުގެ އެއްވަނަ މިހާރު ޕޫމާއަށް!

[email protected] - ދުނިޔެ | 22 ނޮވެންބަރު 2023 , ބުދަ 10:38   609

އެންމެ ފަހުގެ ޑީލްތަކާއެކު ޕޫމާވަނީ ދުނިޔޭގެ އޮފިޝަލް ބޯޅަތައް ހެދުމުގައި އެއްވަނައިގެ މަޤާމު ހޯދާފައެވެ.

މިމަޤާމު ޕޫމާއިން ހާސިލްކޮށްފައިވަނީ ޕްރިމިއަރ ލީގުގެ ބޯޅަ ޑިލް ލިބުމާއެކުގައެވެ. 2025 އިން ފެށިގެން ޕްރިމިއަރ ލީގުގައި ދެން ބޭނުންކުރާނީ ޕޫމާއިން ހަދާ ބޯޅަތަކެވެ.

ޕޫމާގެ ޑީލްތަކުގެ ތެރޭގައި ސްޕެއިންގެ ލަލީގާ، އިޓަލީގެ ސެރީ އާ، އިންގްލެންޑްގެ އީއެފްއެލް، ސްޕެއިން ވިމެންސްގެ ފުރަތަމަ ޑިވިޝަން ލީގަ އެފް، ޕޯރޗުގަލްގެ ލީގާ ޕޮރުޓުގާލް އަދި ސްކޮޓްލޭންޑްގެ ޕްރޮފެޝަނަލް ލީގް ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ ބައިނަލްއަޤްވާމީ އެފްރިކަން އަދި ސައުތު އެމެރިކަން މުބާރާތްތައް ކަމަށްވާ ކޮޕާ އެމެރިކާ އަދި އެފްރިކަން ކަޕް އޮފް ނޭޝަންސް ހިމެނެއެވެ.

ޕޫމާއާއެކު ވާދަކުރާ އެހެން ބޯލްމޭކާސް އަށް ބަލާއިރު އެޑިޑަސް އިން ހަދައިދެނީ ޔޫއެފާ ޗެމްޕިއަންސް ލީގް އަދި ވޯރލްޑް ކަޕްގެ ބޯޅަތަކެވެ. ނައިކީއިން މިހާރު އެއްވެސް މުބާރާތެއްގައި އޮފިޝަލް ބޯޅައެއް ހަދައިނުދެއެވެ.

ޓެގްސް: ފުޓުބޯޅަ ޕޫމާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.