ޔަމީން ލަމާލް ބަރސެލޯނާއަށް ކުޅެނިކޮށް

ކުޅިވަރު

ލަމީން ޔަމާލް އަށް ސްޕޮންސަރ ކުރަން ބޮޑެތި ބްރޭންޑްތައް ވަރަށް ބޭނުން!

[email protected] - ޔޫރަޕް | 22 ނޮވެންބަރު 2023 , ބުދަ 10:43   640

ލަމީން ޔަމާލް އަކީ ބަރސެލޯނާގެ އެކެޑެމީއިން އެންމެ ފަހުން ބަރސެލޯނާގެ ފުރަތަމަ ޓީމަށް ކުޅެންފެށި ޒުވާނެކެވެ. ޔަމާލް ވަނީ ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ އުމުރުން ކުޑަ ގޯލްސްކޯރާގެ މަޤާމު ހޯދާފައެވެ.

އެހެންކަމުން ބޮޑެތި ބޫޓް ބްރޭންޑްތަކުން ވަނީ ޔަމާލަށް ސްޕޮންސަރ ކޮށް އެމީހުންގެ އެމްބެސެޑަރަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ޔަމާލްގެ މިހާރުގެ ސްޕޮންސަރަކީ ނައިކީއެވެ. ނަމަވެސް އެޑީލްގެ މުއްދަތު ވަނީ ހަމަވެފައެވެ.

ނައިކީ، އެޑިޑަސް، ޕޫމާ އަދި ނިއު ބެލެންސަކީ މިބޮޑެތި ބްރޭންޑްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބްރޭންޑްތަކެވެ. އެމީހުން ދޭނެކަމަށް ވަނީ ބޮޑެތި މެގަ ސްޓާރުންނަށް ދޭ ވަރުގެ ކޮންޓްރެކްޓެކެވެ.

އަދި ޔަމާލް ވަނީ މިއަށް އެއްވެސް ގޮތެއް ނުނިންމައެވެ. ޔަމާލް އާއި ޑީލް ފައިނަލް ކުރުމުގައި އެންމެ ކުރީގައިވަނީ ނައިކީއިން ކަމަށް އެކި ހަބަރުތަކުން ބުނެއެވެ.

ޔަމާލް ދަނޑުމަތީގައި

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.