އިންގްލެންޑްގެ ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ސީޒަން ކުޅުނު ޓީމު - އަރސެނަލް

ކުޅިވަރު

ޔޫރަޕުގެ ލީގުތަކުން ދުވަހަކުވެސް ރެލެގޭޓް ނުވާ ކްލަބްތަކަކީ ކޮބާ؟

[email protected] - ޔޫރަޕް | 24 ނޮވެންބަރު 2023 , ހުކުރު 14:12   609

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ސިސްޓަމުގައި ޕްރޮމޯޝަން އަދި ރެލެގޭޝަން ހިމެނެއެވެ. ނަމަވެސް ، ބައެއް ކްލަބްތަކުން ދުވަހަކުވެސް ފުރަތަމަ ޑިވިޝަނުން ރެލެގޭޓެއް ނުވެއެވެ. ތިރީގައިވަނީ އެކި ލީގުތަކުން ދުވަހަކުވެސް ރެލެގޭޓް ނުވާ ޓީމުތަކެވެ.

ތުރުކީ ލީގުގައި ދުވަހަކުވެސް ރެލެގޭޓް ނުވާ ޓީމުތަކުގެ ތެރޭގައި ގަލަޓަސަރައި، ފެނަބާޗޭ އަދި ބެޝިކްޓަސް ހިމެނެއެވެ. އަދި ގްރީކް ލީގުގައި ޕަނަތިނައިކޮސް، އޮލިމްޕިއާކޮސް އަދި ޕާއޮކް ހިމެނެއެވެ. އޭއީކޭ އެތެންސް ފަދަ ބޮޑު ޓީމުތައްވެސް ވަނީ ގްރީކް ލީގުގެ ފުރަތަމަ ޑިވިޝަނުން އެއްފަހަރު ވިޔަސް ރެލެގޭޓް ވެފައެވެ.

ޕޯރޗުގަލް ލީގުގައި ބެންފީކާ، ޕޯރޓޯ އަދި ސްޕޯރޓިންގް ލިސްބަން ދުވަހަކުވެސް ރެލެގޭޓް ވެފައި ނުވެއެވެ.

އެހެން ލީގުތަކުން ވަރަށް ނަންމަޝްހޫރު ޓީމުތައް ވަނީ ދެވަނަ ޑިވިޝަނަށް ވެއްޓިފައެވެ. އެގޮތަށް ބަލައިލާއިރު ސްޕެއިންގެ ލަލީގާއިން ރެލެގޭޓް ނުވާ 3 ޓީމު ހިމެނެއެވެ. ބަރސެލޯނާ އަދި ރިއާލް މެޑްރިޑަކީ އަބަދުވެސް ހުރިހާ ޑިވިޝަނެއްގައި ކުޅެފައިވާ 2 ޓީމެވެ. ނަމަވެސް 3 ވަނަ ޓީމަކީ އެތުލެޓިކޯ މެޑްރިޑެއް ނޫނެވެ. ރިކޯޑް ޔޫރޮޕާ ލީގު ޗެމްޕިއަންސް ސެވީޔާ ނޫނެވެ. މަޝްހޫރު ވެލެންސިއާ އަދި ވިޔަރެޔާލްވެސް ނޫނެވެ. ސްޕެއިންގެ ފުރަތަމަ ޑިވިޝަނުން ދުވަހަކުވެސް ރެލެގޭޓް ނުވާ 3 ވަނަ ކްލަބަކީ، އެތުލެޓިކް ބިލްބާއޯއެވެ. މި ޓީމަކީ ބާސްކް ކުޅުންތެރިން އެކަނި ބޭނުންކުރާ ކްލަބެއް ކަމަށް ވުމާއެކީ މިއީ ވަރަށް މޮޅު ކާމިޔާބީއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އިޓަލީގެ ސެރީއާ ގައި ދުވަހަކުވެސް ރެލެގޭޓްނުވަނީ އެންމެ ކްލަބެކެވެ. ރިކޯޑް ޗެމްޕިއަންސް ޔޫވެންޓަސް އެއް ނޫނެވެ. ޔޫރޮޕުގައި އެންމެ ކާމިޔާބު އިޓާލިއަން ޓީމު ކަމަށްވާ އޭސީ މިލާނެއް ނޫނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ނަޕޯލީވެސް ނޫނެވެ. އަދި ހަމަ އެހެންމެ ޔޫއެފާ ކޮންފަރެންސް ލީގުގެ ފުރަތަމަ ޗެމްޕިއަން ރޯމާވެސް ނޫނެވެ. ރެލެގޭޓް ނުވެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ ސީޒަނެއް މިހާތަނަށް ކުޅެފައިވަނީ އިންޓަރ މިލާނެވެ.

ފްރާންސްގެ ލީގުގައި ރެލެގޭޓްނުވާ އެއްވެސް ޓީމެއް ނެތެވެ. ހުރިހާ ކްލަބެއް ކޮންމެވެސް ހިސާބަކުން ވަނީ ރެލެގޭޓް ވެފައެވެ. އިންގްލެންޑްގައިވެސް ވަނީ ހަމަ މިހެންނެވެ. ހުރިހާ ޓީމެއް ވަނީ އެއްފަހަރު ނަމަވެސް ރެލެގޭޓް ވެފައެވެ. ނަމަވެސް އަރސެނަލް އިން ވަނީ އެންމެ ގިނަ ދުވަހު ރެލެގޭޓް ނުވެ ހުރި ކްލަބްގެ މަޤާމު ހޯދާފައެވެ. އަރސެނަލް އެންމެ ފަހަކަށް ރެލެގޭޓް ވެފައިވަނީ 1913 ގައެވެ.

ޖަރމަނީގެ ލީގުގައިވެސް ހުރިހާ ޓީމެއްވަނީ އެއްފަހަރުވިޔަސް ރެލެގޭޓް ވެފައެވެ. އެންމެ ގިނަ ދުވަސްވީ ޓީމަކަށް ވަނީ ހަމްބަރގް އެސްވީ އެވެ. 2018 ވަންދެން ދުވަހަކުވެސް ރެލެގޭޓް ނުވާ ޓީމުގެ ގޮތުގައި އުޅެނިކޮށް 2018 ވަނަ ސީޒަނުގައި ހަމްބަރގް ވަނީ ދެވަނަ ޑިވިޝަނަށް ރެލެގޭޓް ވެފައެވެ. ޖަރމަނީގެ މަޝްހޫރު ބަޔާން މިއުނިކް އަދި ޑޯޓްމަންޑްވެސް ވަނީ ރެލެގޭޓްވެފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.