ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކޮޅަށް އާޖެންޓީނާއަށް ލަނޑު ޖަހައިދިނުމަށްފަހު ނިކޮލަސް އޮޓަމެންޑީ ލިއޮނަލް މެސީއާއެކު އުފާފާޅުކުރަނީ

ކުޅިވަރު

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބްރެޒިލް ބަލިވެއްޖެ

ހުސެން ހަމްދާން - އެމެރިކާ | 23 ނޮވެންބަރު 2023 , ބުރާސްފަތި 08:02   644

ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް އާޖެންޓީނާއިން ބްރެޒިލް ބަލިކޮއްފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އިން ރަށުން ބޭރުގައި ބްރެޒިލް އަތުން 1-0 އިން މޮޅުވީ ނިކޮލަސް އޮޓަމެންޑީ ބޮލުން ޖެހި ގޯލުންނެވެ. އަންގާރަ ދުވަހު މަރަކާނާ ސްޓޭޑިއަމްގައި ސަޕޯޓަރުންނާ ފުލުހުންނާ ކުރިމަތިލުމާ ގުޅިގެން ބައިގަޑިއިރު މި މެޗު ލަސްވެސްވިއެވެ.

މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޖިއޮވާނީ ލޯ ސެލްސޯގެ ކޯނަރަކުން ޑިފެންޑަރު އޮޓަމެންޑީ ލަނޑު ޖަހައިދިނީ އާޖެންޓީނާގެ ހަމައެކަނި ޝޮޓާއެކުއެވެ. ބްރެޒިލްގެ ނިކަމެތިކަން އިތުރުވެގެން ދިޔައީ މެޗުގެ 82 ވަނަ މިނެޓްގައި މިޑްފީލްޑަރު ޖޯލިންޓަން އަށް ރަތްކާޑު ދެއްކުމުންނެވެ.

ބްރެޒިލްގައި ކުޅޭ އެންމެ ފަހު މެޗު ކަމަށް ބެލެވޭ މެޗުގައި ލިއޮނަލް މެސީ ކުޅެން ނުކުތް ނަމަވެސް ބްރެޒިލްގެ ސަޕޯޓަރުންގެ ޖެއްސުންތަކާއި އަތްތިލަބަޑިތަކުގެ ތެރޭގައި ލިއޮނަލް މެސީ ވަނީ މެޗުގެ 78 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.

އާޖެންޓީނާ 15 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު ބްރެޒިލް އަށް ޕޮއިންޓް ފަހަތުގައި އޮތީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖާގައެއް ކަށަވަރުކޮށްދޭ އެންމެ ފަހު މަގާމުގައެވެ.

ޓެގްސް: ފުޓުބޯޅަ ބްރެޒިލް އާޖެންޓީނާ ލިއަނެލް މެސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.