ކްރިސްޓިއާނޯ ރޮނާލްޑޯ

ކުޅިވަރު

އަލް ނަސްރު މޮޅުވި މެޗުގައި ރޮނާލްޑޯގެ މޮޅު ގޯލެއް

ހުސެން ހަމްދާން - މެދުއިރުމަތި | 26 ނޮވެންބަރު 2023 , އާދީއްތަ 09:02   565

އަލް ނަސްރު މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ގޯލެއް ޖަހައިފިއެވެ.

ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހު އަމިއްލަ ދަނޑުގައި އަލް އޮޚްދޫދު އަތުން 3-0 އިން އަލް ނަސްރު މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވަރަށް ހިތްގައިމު ގޯލަކާއެކު ދެ ގޯލު ޖަހައިފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސާމީ އަލް ނާޖީ ޖެހި ގޯލުން އަލް ނާސްރު 1-0 އިން ލީޑު ނަގަމުން ދިޔައިރު ރޮނާލްޑޯ ވަނީ ތިން މިނެޓުގެ ތެރޭގައި ދެ ގޯލް ޖަހައިފައެވެ.

ޕޯޗުގަލް ތަރިގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އެލެކްސް ޓެލެސް ކްރޮސްއަކާއެކު ރޮނާލްޑޯ ވަނީ ދުރު ދަނޑިއަށް ބޯޅަ އެއްކޮށް ވަރުގަދަ ޝޮޓެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އެއީ އޭނާގެ ދެން އޮތް ލަނޑަކީ ހަގީގަތުގައި ވެސް ރިޔާޒުގައި ތިބި ސަޕޯޓަރުން ފައިމައްޗަށް ތެދުވި ލަނޑެކެވެ. ކީޕަރު އޭރިޔާ ބޭރަށް ދުވެފައި ގޮސް ހަމަލާއެއް ހުއްޓުވުމަށް ފަހު ބޯޅަ ސީދާ ރޮނާލްޑޯގެ ފަޔަށް ވެއްޓުނު އިރު އޭނާ ވަނީ ޓާޗެއް ނެގުމުގެ ކުރިން ކީޕަރާއި ޑިފެންޑަރުންގެ މައްޗަށް އިންޗި ޕާފެކްޓް ލޮބެއް ފޮނުވާލައި ކްރޮސްބާގެ ދަށަށް ވެއްޓި 35 ޔާޑަށް ވުރެ ދުރުން ގޯލް ޖަހައިފައެވެ.

މި ލަނޑަކީ މި ސީޒަނުގައި ލީގުގައި ކުޅުނު 13 މެޗުގައި ރޮނާލްޑޯ ޖެހި 15 ވަނަ ލަނޑެވެ.

މި މޮޅާއެކު އަލް ނަސްރު ވަނީ ސައުދީ ޕްރޯ ލީގުގެ ދެ ވަނަ އަށް ޖެހިލައިފައެވެ.

ހައިލައިޓްސް

ޓެގްސް: ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.