ހާލަންޑްގެ ގޯލް ސެލެބްރޭޝަން

ކުޅިވަރު

ޕްރިމިއަރ ލީގުގެ އެންމެ މޮޅު ދެ ޓީމުގެ މެޗު އެއްވަރު!

[email protected] - ޔޫރަޕް | 26 ނޮވެންބަރު 2023 , އާދީއްތަ 09:11   545

ލިވަރޕޫލް އަދި މެންޗެސްޓަރ ސިޓީގެ މެޗު އެއްވަރު ވެގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފޯވާޑް އަރލިންގް ހާލަންޑް ވަނީ މިމެޗުގައި ގޯލު ޖަހާ ، ޕްރިމިއަރ ލީގުގައި އެންމެ މަދު މެޗުތައް ކުޅެ 50 ގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. ނަމަވެސް ލިވަރޕޫލްގެ ޓްރެންޓް އަލެކްޒާންޑަރ އާރނޯލްޑް ވަނީ މެޗުގެ 80 ވަނަ މިނެޓުގައި ވަރަށް ފެންވަރު ރަނގަޅު ގޯލެއް ޖަހާ ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗު ކުރިއަށް ދިޔަ ގޮތުގެ ކުޑަ ތަފްސީލެއް ދޭނަމެވެ.

މިމެޗު ފެށިގެން ދިޔައީ ވަރަށް ފޯރިގަދަކަމާއެކުގައެވެ. މެޗުގައި ގޯލު ޖެހުމުގެ ފުރަތަމަ ފުރުސަތު ލިބުނީ މެޗުގެ 11 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީއަށެވެ. ލިވަރޕޫލްގެ ކީޕަރު އެލިސަންއަށް ދެވުނު މިސްޕާހެއް ލިބުނީ ސިޓީގެ ފިލް ފޮޑެން އަށެވެ. ނަމަވެސް ފޮޑެންއަށް ބޯޅައިގައި ޖަހާލެވުނީ ތަންކޮޅެއް މަޑުން ކަމަށްވުމާއެކު އެލިސަން ވަނީ މިޝޮޓު ހުއްޓުވާފައެވެ. ލިވަރޕޫލްއިން ފުރަތަމަ ހާފްގައި ގޯލާ އަމާޒުވީ އެންމެ ޝޮޓެކެވެ. ޑަރވިން ނޫނޭޒް ބޮލުން ޖެހި ބޯޅަ ސިޓީގެ އެޑަސަން ހުއްޓުވީއެވެ.

ސިޓީއަށް ފުރަތަމަ ގޯލު ކާމިޔާބުކުރެވުނީވެސް ލިވަރޕޫލްގެ އެލިސަންގެ އަތުން ހެދުނު މިސްޓޭކަކުންނެވެ. މާ މަޑުން ޖަހައިލި ބޯޅަ، ސިޓީގެ ނޭތަން އަކޭ އަތުލައި ހާލަންޑަށް ދިނުމުން ހާލަންޑް ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްފައެވެ. މިއީ ހާލަންޑްގެ 50 ވަނަ ޕްރިމިއަރ ލީގް ގޯލެވެ. އަދި ހަމަ އެހެންމެ 50 ގޯލު ޖަހާފައިވަނީ އެންމެ 48 ޕްރިމިއަރ ލީގް މެޗު ކުޅެގެންނެވެ. ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑް ފިޔަވައި ބާކީ 20 ކުލަބާ ދެކޮޅަށް ގޯލު ޖަހާފައެވެ.

ދެވަނަ ހާފުގައިވެސް ސިޓީއަށް ވަރަށް ގިނަ ފުރުސަތުތައް ލިބިގެން ދިޔައެވެ. ސިޓީގެ ހޫލިއަން އަލްވަރޭޒް ގެ ޝޮޓު ވަނީ ދިފާއުކޮށްފައެވެ. އަދި ސިޓީގެ ރޫބެން ޑިއާޒް ޖެހި ގޯލު ވަނީ މެނުއަލް އަކަންޖީ ކުރި ފައުލެއްގެ ސަބަބުން ކެންސަލް ކޮށްފައެވެ.

ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅާ ހަމަވިއިރު ލިވަރޕޫލްގެ މުހައްމަދު ސަލާހު ވަނީ ވަރަށް ރީތި ބޯޅައެއް ޓްރެންޓް އަލެކްޒާންޑަރ އާރނޯލްޑަށް ކުޅެފައެވެ. ޓްރެންޓް ތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަދެގެން ދިޔުމާއެކު މެޗުގެ ނަތީޖާ އެއްވަރުވެގެން ދިޔައެވެ.

މިމެޗު އެއްވަރުވުމާއި ގުޅިގެން އަރސެނަލް އަށް ވަނީ 1 ވަނަ ނެގުމުގެ ފުރުސަތެއް ލިބިފައެވެ. އަރސެނަލް ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މެންޗެސްޓަރ ސިޓީ ވައްޓައިލާފައި 1 ވަނައަށް އަރާނެވެ. ސިޓީ އަދި ލިވަރޕޫލް މެޗުގެ މޭން އޮފް ދަ މެޗަކީ ލިވަރޕޫލްގެ މުހައްމަދު ސަލާހެވެ.

އުސްއަލިތައް

ޓެގްސް: ލިވަރޕޫލް މެންޗެސްޓާރ ސިޓީ އިނގިރޭސި ޕްރެމިއަރ ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.