ތޯމަސް ސޫޝެކް- ގޯލު ޖެހުމަށް ފަހު

ކުޅިވަރު

91 ވަނަ މިނެޓުގައި ގޯލު ޖަހައި ވެސްޓް ހެމް މޮޅުވެއްޖެ!

[email protected] - ޔޫރަޕް | 26 ނޮވެންބަރު 2023 , އާދީއްތަ 09:15   605

ޑާރާ އޯޝެއާގެ ބައިކޮޅަށް ޖެހި ގޯލާއި 91 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް ޖެހި ގޯލާއެކު ބަރންލީ ބަލިކޮށް ވެސްޓް ހެމް ކުރިހޯދައިފިއެވެ. ބަރންލީގެ ޖޭ ރޮޑްރިގޭޒް ޕެނަލްޓީއާއެކީ މެޗުގެ ކުރި ހޯދި ނަމަވެސް ވެސްޓް ހެމްގެ ދެ ގޯލާއެކު ޖެހިޖެހިގެން 2 ޕްރިމިއަރ ލީގު މެޗު ވެސްޓް ހެމް އިންވަނީ މޮޅުވެފައެވެ.

ވެސްޓް ހޭމްގެ މެނޭޖަރ ޑޭވިޑް މޮޔޭޒް ވަނީ ޖެރަޑް ބޮވެން އިންޖަރީ ވުމާއެކު، ބަރންލީއަށް ކުރިން ކުޅުނު ކުޅުންތެރިޔާ ޑެނީ އިންގްސް މެޗުގެ ލައިނަޕަށް އަރުވާފައެވެ.

މެޗު ފެށިގެން ދިޔައީ ދެކޮޅަށްވެސް ގޯލު ޖެހުމުގެ ފުރުސަތުތަކެއް ލިބިގެންނެވެ. ބަރންލީގެ ޔޯހާން ގުޑްމުންޑްސަން އަދި ލޫކާ ކޮލޭޝޯ ޖެހި ބޯޅަތައް ވެސްޓް ހެމްގެ ކީޕަރު އަލްފޯންސް އަރިއޯލާ ވަނީ ދިފާއުކޮށްފައެވެ. އަނެއްކޮޅުން ވެސްޓް ހެމްގެ ތޯމަސް ސޫޝެކް ބޮލުން ޖެހި ބޯޅަ ބަރންލީގެ ޖޭމްސް ޓްރެފޯޑް ވަނީ ފަސޭހަކަމާއެކީ ނަގާފައެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ވެސްޓް ހެމްގެ މުހައްމަދު ކުޑުސް ، ބަރންލީގެ ކޮލޭޝޯ ފައުލްކުރުމުގެ ސަބަބުން ބަރންލީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ބަރންލީގެ ޖޭ ރޮޑްރިގޭޒެވެ. ނަމަވެސް، މިގޯލަށް ފަހު މެޗުގައި ބޮޑަށް ފެނިގެން ދިޔައީ ވެސްޓް ހެމްގެ ކުޅުމެވެ. ލުކަސް ޕަކޭޓާ ޖެހި ހާފް ވޮލީ ދިޔައީ ބޭރަށެވެ.

މިގޮތަށް ޕްރެޝަރ ކުރުމުގެ ސަބަބުން ލިބުނު ފުރުސަތެއްގައި ވެސްޓް ހެމްގެ ޑިވިން މުބާމާ ޖެހި ބޯޅައެއް ރަނގަޅައަށް ކޮންޓްރޯލް ނުވުމުގެ ސަބަބުން ބަރންލީގެ އޯޝެއާ ވަނީ ބައިކޮޅަށް ގޯލު ޖަހާފައެވެ. ނަމަވެސް 91 ވަނަ މިނެޓުގައި ވެސްޓް ހެމްގެ މުހައްމަދު ކުޑުސް ނެގި ބޯޅައެއް ބޮލުން ޖަހައި ގޯލް ކާމިޔާބުކުރީ ތޯމަސް ސޫޝެކެވެ. މިމެޗުގެ މޭން އޮފް ދަ މެޗް ލިބުނީ ވެސްޓް ހެމްގެ މުހައްމަދު ކުޑުސް އަށެވެ.

ހައިލައިޓްސް

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.