ހާލަންޑް

ކުޅިވަރު

ގާޑިއޯލާ ހާލަންޑްގެ ރެކޯޑް އާމެދު ހިތްހަމަ ޖެހިފައި

ހުސެން ހަމްދާން - ޔޫރަޕް | 2 ޑިސެންބަރު 2023 , ހޮނިހިރު 17:42   550

މެންޗެސްޓާ ސިޓީގެ ގާޑިއޯލާ ހާލަންޑްގެ ރެކޯޑް އާމެދު ހިތްހަމަޖެހި އެވާހަކަ ނޫސްވެރިންނާ ހިއްސާކޮއްފިއެވެ.

އުމުރުން 23 އަހަރުގެ ހާލަންޑް ޗެމްޕިއަންސް ލީގުގައި 40 ގޯލް ޖެހި އެންމެ އަވަސް ކުޅުންތެރިޔާއަކަށް ވެގެން ދިޔައީ މެޗުގެ 54 ވަނަ މިނެޓުގައި ގޯލް ޖަހައި ސިޓީން 3-2 އިން އާރުބީ ލައިޕްޒިގް އަތުން މޮޅުވެ ގްރޫޕް ޖީގެ އެއްވަނަ ހޯދައި މެޗުގައެވެ.

މީގެ ތިން ދުވަސް ކުރިން ލިވަޕޫލް އަތުން 1-1 އިން އެއްވަރުވި މެޗުގައި ޕްރިމިއާ ލީގުގައި 50 ގޯލް ޖެހި އެންމެ އަވަސް ކުޅުންތެރިއަކަށް ހާލަންޑް ވަނީ ވެފައެވެ.

ހާލަންޑަށް 40 ގޯލް ޖެހުމަށް އެންމެ 35 މެޗު ހޭދަވެ، ރޫޑް ވެން ނިސްޓެލްރޫއީގެ 45 މެޗުން 40 ގޯލް ޖެހި ރިކޯޑްއެ މުގުރާލީއެވެ. އަދި 23 އަހަރާއި 130 ދުވަހު ޗެމްޕިއަންސް ލީގުގައި 40 ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް ވަނީ ހަދާފައެވެ. މީގެ ކުރިން މި ރިކޯޑް އޮތީ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އަތުގައެވެ.

މެންޗެސްޓާ ސިޓީ ދެން ނިކުންނާނީ ޕްރިމިއަރ ލީގްގައި ޓޮޓެންހަމް އާއި ދެކޮޅަށް އާދިއްތަ ދުވަހުއެވެ.

ޓެގްސް: ޔޫއެފާ ޗެމްޕިއަންސް ލީގް މެންޗެސްޓާރ ސިޓީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.