ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ބާސެލޯނާ ދަތުރު ކުރީ އެފްސީ ޕޯޓޯ އަތުން މޮޅުވެގެންނެވެ.

ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދިއުން، ބާސެލޯނާއިން އެޅި 'ބޮޑު ފިޔަވަޅެއް' - ޒަވީ

ހުސެން ހަމްދާން - ޔޫރަޕް | 30 ނޮވެންބަރު 2023 , ބުރާސްފަތި 10:12   577

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރު ކުރުމަކީ ބާސެލޯނާއިން އެޅި 'ބޮޑު ފިޔަވަޅެއް' ކަމަށް އެ ކްލަބް ކޯޗް ޒަވީ ބުނެފިއެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނީ މިކަން ބޮޑު ފިޔަވަޅަކަށްވީ 2021 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދަތުރު ކުރީ އަންގާރަ ދުވަހު އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖޯއާ ކެންސެލޯ އާއި ޖޯއާ ފެލިކްސްގެ ހަމަލާތަކުން ބާސާ ދެ ގޯލް ކާމިޔާބުކޮށް އެފްސީ ޕޯޓޯ އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ ޒަވީގެ އިރުޝާދުގެ ދަށުން ބާސާއަށް ގްރޫޕް ސްޓޭޖުން ކޮލިފައިވި ފުރަތަމަ ފަހަރެވެ.

''އަޅުގަނޑަށް ހީވަނީ މިއީ މި މަޝްރޫއަށް ލިބުނު ބޮޑު ފިޔަވަޅެއްހެން'' ކާމިޔާބީއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަވީ ބުންޏެވެ.

ހުރިހާ މުބާރާތަކުން އެންމެ ފަހުގެ ފަސް މެޗުން ދެ މޮޅު ހޯދައިގެން މިމެޗުގެ ކުރިން ޒާވީއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ. ރެއާލް ސޮސިއެޑާޑާއި އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވިނަމަވެސް، ދެއްކި ކުޅުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ޓެގްސް: ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.