ރޭ ޖިރޯނާ އެފްސީ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

ޖިރޯނާ އެފްސީއިން ބާސެލޯނާ ސިއްސުވާލުމަށްފަހު ލަލީގާ ޓޭބަލްގެ އެންމެކުރިން ޖާގަ ހޯދައިފި

އަލީ އަޒްޔަން - ޔޫރަޕް | 11 ޑިސެންބަރު 2023 , ހޯމަ 10:42   468

ޖިރޯނާ އެފްސީއިން ބާސެލޯނާ (ބާސާ) ސިއްސުވާލުމަށްފަހު ލަލީގާ ޓޭބަލްގެ އެންމެކުރިން ޖާގަ ހޯދައިފިއެވެ.

މިއީ ޖިރޯނާ އިން ނިމިދިޔަ ސީޒަނުގެ ޗެމްޕިއަން ބާސާ ބަލިކުރި މިފަދަ ފުރަތަމަ މެޗެވެ. މި މެޗަށްފަހު 41 ޕޮއިންޓާއިއެކު ރެއާލްމެޑްރިޑް ފަތަށް ޖައްސާލައި ޖިރޯނާ ވަނީ ވަނީ ރަނގަޅަށް ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތް ރެއާލް އަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.

ބާސާ އޮތީ މިހާރު 34 ޕޮއިންޓާއިއެކު އޮތީ ޓޭބަލް ހަތަރު ވަނައިގައެވެ. ޕޮއިންޓުގެ ގޮތުން އެއްވަރެއްގައި އޮތް އެތްލެޓީކޯ މެޑްރިޑް އޮތީ ބާސާއަށްވުރެ ކުރީގައި، ޓޭބަލްގެ ތިންވަނައިގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލުޖެހީ ޖިރޯނާއިންނެވެ. އެއީ 12 ވަނަ މިނެޓުގައެވެ. އޭގެ 7 މިނެޓްފަހުން ލެވަންޑޯސްކީ ވަނީ ބާސާއަށް ގޯލެއް ޖަހައިދީފައެވެ.

ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ޖިރޯނާ އަނެއްކާވެސް ލީޑް ހޯދިއެވެ. މެޗް ނިމުނީ 4-2 ގެ ނަތީޖާއަކުން ޖިރޯނާ ބާސާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ހައިލައިޓްސް

ޓެގްސް: ލަލީގާ ފުޓުބޯޅަ ބާސެލޯނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.