ކްރިސްޓިއާނޯ ރޮނާލްޑޯ

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ 2023 ވަނަ އަހަރުގެ 50 ވަނަ ލަނޑު ކާމިޔާބުކޮށްފި

ހުސެން ހަމްދާން - މެދުއިރުމަތި | 13 ޑިސެންބަރު 2023 , ބުދަ 09:52   470

އަލް ނަސްރު މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ 2023 ވަނަ އަހަރުގެ 50 ވަނަ ލަނޑު ކާމިޔާބުކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު އަލް ނަސްރުގެ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަވެރި އަލް ޝަބާބް އަތުން މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އަހަރުގެ 50 ވަނަ ގޯލު ޖަހައިފައެވެ.

އުމުރުން 38 އަހަރުގެ މި މައިލްސްޓޯން އަށް ވާސިލްވީ އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު 5-2 އިން މޮޅުވި މެޗުގައި ކާމިޔާބުކޮށްދިނުމުންނެވެ. ޕޯޗުގަލްގެ ފޯވާޑް އެންމެ ފަހުން ކެލެންޑަރ އަހަރެއްގައި 50 ގޯލް ޖަހައިދިނީ 2017 ވަނަ އަހަރު ރެއާލް މެޑްރިޑަށް 53 ލަނޑު ޖަހައިދީގެންނެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިޔާ މި ސީޒަނުގައި ސައުދީ ޕްރޯ ލީގުގައި ކުޅުނު 15 މެޗުން 16 ގޯލް ޖެހި ނަމަވެސް ސީޒަންގެ މެދުތެރެއަށް ދާއިރު އޭނާގެ ޓީމު ލީގުގެ އެއްވަނައިގައި އޮތް އަލް ހިލާލް އާއި ހަތް ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ.

މިދިޔަ ހުކުރު ދުވަހު ޕްރޮފެޝަނަލް ކެރިއަރުގެ 1200 ވަނަ މެޗު ރޮނާލްޑޯ ކުޅެފައިވަނީ އަލް ރިޔާޟް އަތުން 4-1 އިން އަލް ނަސްރު މޮޅުވި މެޗުގައި ގޯލަކާއި އެސިސްޓެއް ކޮށްގެންނެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވަނީ އޭނާގެ ކެރިއަރުގައި 869 ގޯލް ޖަހައިފަ އެވެ.

ޑިސެމްބަރު 22 ވަނަ ދުވަހު ސައުދީ ޕްރޯ ލީގުގައި ދެން ކުޅޭ މެޗުގައި އަލް ނަސްރު ކުޅޭނީ ސްޓީވަން ޖެރާޑްގެ އަލް އެޓިފާގްއާ ދެކޮޅަށެވެ.

ރޮނާލްޑޯ، މިއަހަރުގެ 50 ވަނަ ގޯލްޖެހި މެޗުގެ ހައިލައިޓްސް

ޓެގްސް: ފުޓުބޯޅަ ކްރިސްޓިއާނޯ ރޮނާލްޑޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.