ރެއާލް މެޑްރިޑް ކުޅުންތެރިން ލަނޑުޖަހައި ފޯރިމަރަނީ

ކުޅިވަރު

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް އެއްވަނަ

ހުސެން ހަމްދާން - ޔޫރަޕް | 14 ޑިސެންބަރު 2023 , ބުރާސްފަތި 09:58   465

ރެއާލް މެޑްރިޑުން ފަހުވަގުތު ލަނޑެއް ޖަހައިގެން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު އެއްވަނާގައި އޮވެ ނިންމާލާފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ ފަހު މެޗުގައި އަންގާރަ ދުވަހު ޔޫނިއަން ބާލިން އަތުން 3-2 އިން މޮޅުވެ 89 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޑާނީ ސެބަލޯސް ލަނޑު ޖަހައި، ހަ މެޗުން ހަ މޮޅު ހޯދައިފިއެވެ.

މެޗަށް ފަހު ކޯޗު ކާލޯ އެންޗެލޯޓީ ބުނީ "އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނީ. ސީޒަންގެ ދެވަނަ ބައިގައި އަހަރެމެންގެ ކުޅުން ރަނގަޅުވެއްޖެ."

ހޯސްޓް ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޑްރިޑްގެ ކީޕަރު ކެޕާ އަރިޒާބަލާގާއަށް ޖެހުނީ އެންމެ 55 ސިކުންތަށް ފަހު ޖެހުނީ ކެވިން ބެހެރެންސް ކައިރިން ޖެހި ސޮޓް އެއް އަތުން ސޭވެއް ކުރާށެވެ. ފުރަތަމަ ހާފް ނިންމާލީ 1-0 އިން ޔޫނިއަން ބާލިން ކުރިގަ އޮވެގެންނެވެ.

ޔޫރޮޕާ ލީގަށް ކޮލިފައިވުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ ޔޫނިއަން މި މެޗްއިން މޮޅުވާން ޖެހި ކުޅިނީ ވަރަށް ޕްރެޝަރުގައެވެ.

ސެބަލޯސް ރެއާލް މެޑްރިޑަށް މޮޅު ކަށަވަރުކޮށްދިނީ 89 ވަނަ މިނެޓުގައި ލަނޑުޖަހައި މެޑްރިޑް 18 ޕޮއިންޓް ހޯދައިދީގެންނެވެ. މި ގްރޫޕުން ނަޕޯލީ ވެސް ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށް 10 ޕޮއިންޓާއެކު ދެވަނަ ހޯދިއިރު، ބްރާގާ ވަނީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ ހޯދައި އަދި ޔޫނިއަން ދެ ޕޮއިންޓާއެކު ނިންމާލީ ހަތަރު ވަނާގައެވެ.

ޓެގްސް: ފުޓުބޯޅަ ޔޫއެފާ ޗެމްޕިއަންސް ލީގް ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.