އެފްއޭ ކަޕުގެ ފައިނަލުގައި ލިވަޕޫލާއި ޗެލްސީ ވާދަކުރަނީ

ކުޅިވަރު

އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލަށް ލިވަޕޫލާއި ޗެލްސީ

ދާނިޝް - ޔޫރަޕް | 19 އޭޕުރިލް 2022 , އަންގާރަ 21:18   361

އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލަށް ލިވަޕޫލްއާއި ޗެލްސީ ދަތުރުކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ސިޓީ އާއި ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ 9 ވަނަ މިނެޓްގައި އިބަރާހިމް ކޮނާޓޭ ކާމިޔާބުކޮށް ދިން ލަޑާއެކު މެޗްގެ ލީޑު ނެގީ ލިވަޕޫލްއިންނެވެ. އަދި މެޗްގެ 17 ވަނަ މިނެޓްގައި ސިޓީގެ ކީޕަރ ޒެކް ސްޓެފެންއަށް ހެދުނު ގޯހެއްގެ ފާއިދާ ނަގައި މި ލީޑު ފުޅާކޮށްދިނީ ސާޑިއޯ މާނޭއެވެ. މެޗޮގެ 3 ވަނަ ލަޑު ވެސް ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ މާނޭއެވެ.

މި މެޗުގައި ސިޓީ އިން ލަޑު ޖެހީ މެޗޮގެ ދެވަނަ ހާފްގެ ދެވަނަ މިނެޓްގައްޔާއި މެޗްގެ އިތުރު ވަގުތުގައި ބެނާޑޯ ސިލްވަރ ޖަހާދިން ލަޑުންނެވެ. އަދި ސިޓީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން ދިޔައީ ނުހިފިއެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ޗެލްސީއިން ހޯދީ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ކްރިސްޓަލް ޕެލަސް 2 -0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމް ލަޑު ޗެލްސި އިން ކާމިޔާބުކުރީ މެޗްގެ 65 ވަނަ މިނެޓްގައި ރުބެން ލޮފްޓަސް ޗީކް ޖަހައި ދިން ލަޑުންނެވެ. އަދި ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހާދިނީ މޭސަން މައުންޓްއެވެ. މިޔާއެކު ޗެލްސީ މިވަނީ ޖެހިޖެހިގެން ތިންވަނަ ސީޒަންގައި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ޗެލްސީ އާއި ލިވަޕޫލް ފައިނަލުގައި ބައްދަލުކުރާއިރު މި މެޗް ވެގެންދާނީ މި ދެ ޓީމް ފައިނަލެއްގައި މި އަހަރު ބައްދަލުކުރާ ދެވަނަ ފަހަރަށެވެ. މިއަހަރުގެ ކުރީކޮޅު ކުޅުނު އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ލިވަޕޫލް ވަނީ ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފައެވެ. ކޮންމެއަކަސް މި ފައިނަލަކީ ދެ ޓީމަށްވެސް މުހިންމު ފައިނަލަކަށް ވުމުން ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވާނެކަން ޔަގީނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.