ޔޫރަޕުގެ އެންމެ މަޤްބޫލު ފުޓުބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ޓްރޮފީ

ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ގުރުނެގުން: މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑަށް ރަނގަޅު ގޮތަކަށް

ހުސެން ހަމްދާން - ޔޫރަޕް | 19 ޑިސެންބަރު 2023 , އަންގާރަ 09:28   444

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ހޯލްޑަރސް މެންޗެސްޓަރ ސިޓީ، އެފްސީ ކޮޕަންހޭގަންއާ ދެކޮޅަށް ނުކުންނައިރު، 14 ފަހަރު މޮޅުވެފައިވާ ރެއާލް މެޑްރިޑް ބައްދަލުކުރާނީ އާރްބީ ލައިޕްޒިގްއާއެވެ.

ގްރޫޕް އޭގެ ދެވަނަ އަށް ދިޔުމުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ހަނދާނުން ނުފިލާނެ މޮޅެއް ހޯދި ކޮޕަންހޭގަން އަކީ މުބާރާތުގައި ބާކީ އޮތް ޓީމްތަކުން އެންމެ ދަށް ރޭންކިންގެ ޓީމެވެ.

2016-17ވަނަ އަހަރަށް ފަހު ދެވަނަ ބުރުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި އެފްސީ ޕޯޓޯއާ ދެކޮޅަށް ނުކުންނައިރު ބަޔާން މިއުނިކް ނިކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑްގެ ފަހަތުން ގްރޫޕް F ރަނަރަޕްކަން ހޯދި ޕެރިސް ސެއިންޓް ޖާމައިން އެއްވަރުވީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑްއެވެ.

ދެވަނަ ބުރު ފަށާނީ ފެބްރުއަރީ 13، 14، 20 އަދި 21 ވަނަ ދުވަހު ކުޅޭ ފުރަތަމަ ލެގުގެ މެޗުތަކެވެ.

ރިޓަރން ލެގް ކުޅޭނީ މާޗް މަހުގެ 5، 6، 12 އަދި 13 ގަ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ސަގާފީ ފޯމެޓުގެ ފަހު ސީޒަން ކަމަށާއި، މިސީސަނަށް ފަހު ޗެމްޕިއަންސް ލީގު ކުޅޭނީ 36 ޓީމްއާއިއެކުއެވެ.

ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ރައުންޑް އޮފް 16 ގުރުގެ ހުލާސާ

ޕޯޓޯ (ޕޯޗުގަލް) އާއި އާސެނަލް (އިންގްލެންޑް)

ނަޕޯލީ (އިޓަލީ) އާއި ބާސެލޯނާ (ސްޕެއިން)

ޕެރިސް ސެއިންޓް ޖާމައިން (ފްރާންސް) އާއި ރެއާލް ސޮސިއެޑާޑް (ސްޕެއިން)

އިންޓަ މިލާން (އިޓަލީ) އާއި އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)

ޕީއެސްވީ އައިންޑްހޯވެން (ނެދަލެންޑްސް) އާއި ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަނުވިލާތް)

ލާޒިއޯ (އިޓަލީ) އާއި ބަޔާން މިއުނިކް (ޖަރުމަނުވިލާތް)

ކޮޕަންހޭގަން (ޑެންމާކް) އާއި މެންޗެސްޓާ ސިޓީ (އިންގްލެންޑް)

އާރްބީ ލައިޕްޒިގް (ޖަރުމަނުވިލާތް) އާއި ރެއާލް މެޑްރިޑް (ސްޕެއިން)

ޓެގްސް: ޔޫއެފާ ޗެމްޕިއަންސް ލީގް ރެއަލް މެޑްރިޑް މެންޗެސްޓާރ ސިޓީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.