ލިވަޕޫލްގެ ކޯޗު ކްލޮޕް

ކުޅިވަރު

ލިވަޕޫލްގެ ކޯޗު ކްލޮޕް ސަޕޯޓަރުންނަށް 'ވީ ނީޑް ޔޫ'

ހުސެން ހަމްދާން - ޔޫރަޕް | 21 ޑިސެންބަރު 2023 , ބުރާސްފަތި 09:15   511

ލިވަޕޫލްގެ ކޯޗު ކްލޮޕް ސަޕޯޓަރުންނަށް ބުނަނީ އާސެނަލްއާ ދެކިޅަށް ނިކުންނައިރު 'ވީ ނީޑް ޔޫ' ކަމަށެވެ.

ޕްރިމިއާ ލީގުގައި މި ހޮނިހިރު ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ އޭނާގެ ޓީމުގެ ސަޕޯޓަރުންނަށް މެސެޖެއް ދީފައެވެ. އެއީ "އަހަރެމެން ބޭނުންވަނީ ހުރިހާ ސަޕޯޓަރުންވެސް ފައިމައްޗަށް ތިބުމަށް" ކަމަށެވެ.

ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ އެއް ޕޮއިންޓް ފަހަތުގައި އޮތް ކްލޮޕްގެ ޓީމު ކަރަބާއޯ ކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓްހަމް ޔުނައިޓެޑް އަތުން އެންފީލްޑްގައި 5-1 އިން މޮޅުވި މެޗަށްފަހު، ޖަރުމަނުގެ ކޯޗު އެ ދުވަހު ސަޕޯޓަރުންގެ ފަރާތުން އިވުނު ޖޯޝާއި މެދު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

"އެކަމަކު ބުނަން ޖެހޭނީ، މީގެ މާގިނަ ދުވަސްތަކެއް ކުރިން އަހަރެން ބުނި ވާހަކަ، ފުރަތަމަ ހާފުގައި ކުޅުންތެރިން ހަގީގަތުގައި ވެސް ޚާއްސަ ކުޅުމެއް ދެއްކިއިރު، އަހަރެން މާ އުފާއެއް ނުވި" މެޗަށް ފަހު ކްލޮޕް ބުންޏެވެ. "އަހަރެން މިހާރު ބުނަން ޖެހޭނީ، ފަހަތުގައި އޮތް މާހައުލާއެކު. އަހަރެން ވަރަށް އުފާވާ ކަމެވެ."

ލިވަޕޫލް އެ މެޗަށް ނިކުތީ އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 0-0 އިން އެއްވަރުވެގެން މާޔޫސް ކަމާ އެކުގައެވެ.

ބުދަ ދުވަހުގެ ނަތީޖާއާއެކު ފެބްރުއަރީ މަހުން ފެށިގެން އަމިއްލަ ދަނޑުގައި ބަލިނުވާ ލިވަޕޫލް، ލީގު ކަޕްގެ ސެމީފައިނަލަށް 19 ވަނަ ފަހަރަށް ދަތުރުކުރީ ރެކޯޑާއެކުއެވެ. ކަރަބައޯ ކަޕްގެ ސެމީ ފައިނަލް ޖެނުއަރީ 9 ގައި ފުލަމްއާ ދެކޮޅަށް އަދި ފައިނަލް މެޗް ފެބްރުއަރީ 25 ވަނަ ދުވަހު ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް ލިވަރޕޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.