ޗެލްސީ އާއި ވުލްވްސް ބައްދަލު ކުރި މެޗް

ކުޅިވަރު

ޗެލްސީގެ އަނެއްކާވެސްވީ ބަލި

ހުސެން ހަމްދާން - ޔޫރަޕް | 26 ޑިސެންބަރު 2023 , އަންގާރަ 10:29   80

ވުލްވްސް އަތުން 2-1 އިން ޗެލްސީ އަނެއްކާވެސް ބަލިވެއްޖެއެވެ. މި ބަލިއަކީ މިސީޒަނުގައި ޕްރިމިއާ ލީގުގެ އަށް ވަނަ ބަލިވުމުވެ.

ދެވަނަ ހާފުގައި މާރިއޯ ލެމިނާ އާއި މެޓް ޑޯހަރޓީ ޖެހި ގޯލުތަކުން ވުލްވްސް އާދީއްތަ ދުވަހު ކުޅުނު ޕްރިމިއާ ލީގު މެޗުން 2-1 އިން މޮޅުވެ، ވަނީ ޗެލްސީ ގެ ފޭނުން ސިއްސުވާލައިފައެވެ.

މެޗްގެ ފުރަތަމަ ހާފު ނިންމާލީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފްފެށި ހަ މިނެޓް ފަހުން ލެމިނާ ބޮލުން ޖަހައި ވުލްވްސް އަށް ލީޑު ނަގައިދިނުމަށް ފަހު އިތުރު ވަގުތުގައި ދެވަނަ ގޯލުން ޑޯހަޓީ ވުލްވްސް މޮޅިކޮށްދިނެވެ. ޗެލްސީއަށް ލަނޑު ޖަހައިދިނީ ކްރިސްޓޮފަރ ންކުންކުއެވެ. އަދި އެއީ ކްރިސްޓޮފަރ ންކުންކު ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލްއެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އަމިއްލަ ދަނޑުގައި ލީގުގައި ބަލިނުވެ އޮތް ވުލްވްސް 22 ޕޮއިންޓާ އެކު 11 ވަނަ އަށް އަރައި 10 ވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ގޯލުގެ ތަފާތުން އޮތީ ޗެލްސީއަށް ވުރެއް ފަހަތުގައެވެ.

ޗެލްސީ މިހާރު ވަނީ ރަށުން ބޭރުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ.

ޗެލްސީ ކޯޗް ޕޮޗެޓީނޯ ބުނީ މިއީ ޒުވާން ޓީމެއް ކަމަށާއި ގިނަ ކުޅުންތެރިން ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ކުޅެމުންދާއިރު އެ ކުޅުންތެރިން އެޑެޕްޓްވެ، މި މެޗުތަކުން ދަސްކުރަން ޖެހޭނެކަމެވެ. އަދި ޗެލްސީ ގޮސްފައި މިއޮތީ ގޮސްގެން ނުވާނެ ހާލަތެއްގަކަމެވެ.

ޗެލްސީ ދެން ނިކުންނާނީ ޕްރިމިއާ ލީގުގައި ޕަލަސް އާއި ދެކޮޅަށް މި ބުރާސްފަތި ދުވަހުގައެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.