ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވީ ވީއޭއާރް އިން ލަސް ޕެނަލްޓީއެއް ދިނުމުން

ކުޅިވަރު

ޗެލްސީ މޮޅުވީ ވީއޭއާރް ގެ އެހީގައި

ހުސެން ހަމްދާން - ޔޫރަޕް | 29 ޑިސެންބަރު 2023 , ހުކުރު 09:17   375

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗްއިން ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވީ ވީއޭއާރް އިން ލަސް ޕެނަލްޓީއެއް ދިނުމުންނެވެ.

ޕްރިމިއާ ލީގުގެ ލަންޑަން ޑާބީގައި ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔާ ނޯނީ މަޑޫކޭގެ ޕެނަލްޓީއަކުން ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެފައެވެ.

މަޑޫކޭ ވައްޓާލީ ކްރިސްޓަލް ޕެލަސް އެބެރެޗީ އެޒޭއެވެ. ފައުލަށް ފަހު ޕްލޭއޮން އަށް ރެފްރީ ކުޅެން ދޫކޮއްފައި ވަނިކޮށް، ރެފްރީ މައިކަލް ސެލިސްބަރީ ވީއޭއާރު އިން ސްކްރީނަށް ގޮވާލުމުން އޭނާ ވަނީ ފަހުން އެއީ ފައުލެއް ކަމަށް ނިންމައިފައެވެ.

ޕެލަސްގެ މައިކަލް އޮލިސް ވަނީ ޖޯޑަން އަޔެވްގެ ޕާސް މޭމަތިން ކޮންޓްރޯލްކޮށް ޖަހައި ފުރަތަމަ ހާފުގެ ސްޓޮޕް ޓައިމްގައި ޖޮޑްޖޭ ޕެޓްރޯވިޗް ފަހަނައަޅައި ގޮސް ޕެލަސްއަށް ފުރަތަމަ ގޯލް ކާމިޔާބު ކޮއްދިނެވެ.

މައިކަލް އޮލިސް މި ގޯލުން މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް މައިކައިލޯ މުޑްރިކް ފޮނުވާލައި ޖެހި ޗެލްސީގެ ގޯލާ ހަމަ ހަމަ ކުރިއެވެ.

ފުރަތަމަ ހާފުގައި ޗެލްސީއިން ރަނގަޅު ކުޅުމެއްދެއްކި ނަމަވެސް ފަހުގެ ގޯލާއި ހާފުގެ ބްރޭކަށް ފަހު ޗެލްސީގެ ބާރު ގެއްލިފައިވާ ކަމަށް ފެނުނެވެ.

ސީޒަންގެ މެދުތެރެއިން ތާވަލުގެ ފުރަތަމަ 10 އެއްގައި ޗެލްސީ ކިރިޔާ އޮތްއިރު، ޕްރިމިއާ ލީގުގައި އަށް މެޗުން މޮޅެއް ނުލިބި އޮތް ޕެލަސް އޮތީ 15 ވަނައިގައެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.