ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަނީ އަންނަ ޖެނުއަރީ މަހު ކިލިއަން އެމްބާޕޭ ގެނައުމަށް

ކުޅިވަރު

ރެއާލް މެޑްރިޑުން އެމްބާޕޭ ގެނައުމުގެ މަސައްކަތަ ފަށައިފި

ހުސެން ހަމްދާން - ޔޫރަޕް | 31 ޑިސެންބަރު 2023 , އާދީއްތަ 09:43   421

ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަނީ އަންނަ ޖެނުއަރީ މަހު ޕެރިސް ސެއިންޓް ޖާމައިންގެ ފޯވާޑް ކިލިއަން އެމްބާޕޭ ގެނައުމަށް އާ ބިޑެއް ކުރުމަށް ކަމަށް ދަ އެތުލެޓިކް ނިއުސްއިން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭގެ އެއްބަސްވުމުގެ ފަހު ހަ މަސް ދުވަހުގެ ތެރެއަށް އެޅެއިރު ބާކީ އޮތީ މަދު ދުވަސްތަކެކެވެ. އެއްބަސްވުން ހމަ ވުމަށްފަހު ލީގު 1 އިން ބޭރުގެ ކްލަބުތަކަށް ޕްރީ ކޮންޓްރެކްޓް އެއްބަސްވުމެއްގެ ދަށުން ޓްރާންސްފާ ފީއެއް ނުނަގައި އޭނާ ސޮއިކުރެވޭނެއެވެ.

ރެއާލް މެޑްރިޑުން އޭނާ ގެންނަން ކުރަން އިތުރު އެއް މަސައްކަތް އޮތް ނަމަވެސް، 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީއާ އެކު އާ އެއްބަސްވުމެއް އާ ޝަރުތުތަކަކާއެކު ސޮއި ކުރުމުގެ ކުރިން އެނާ އެކަން ވިސްނުމަށް ވަނީ ޖެނުއަރީ މަހުގެ މެދުތެރޭގެ މުއްދަތެއް ދީފައެވެ.

ލަލީގާގެ ފަރާތުން އެމްބާޕޭއަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަނެފިނަމަ، އެހެން ކުޅުންތެރިންނަށް ފޯކަސް ކުރުމަށް ރެއާލް މެޑްރިޑުން ފަށާނެއެވެ.

އެމްބާޕޭ މި ސީޒަނުގައި ލީގު 1 ގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ދެމިއޮތްއިރު، 18 މެޗުން 20 ގޯލް ޖަހައިދީފައިވާއިރު، ޕީއެސްޖީގައި މަޑުކުރަން ގަސްތުކުރާ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބެއެވެ.

ޓެގްސް: ފުޓުބޯޅަ ޕީއެސްޖީ ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.