ް އާސެނަލް ވަނީ 30 ޝޮޓް ވެސްޓްހަމް ކޮޅަށް އަމާޒު ކޮއްފަ

ކުޅިވަރު

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އާސެނަލް ރަނގަޅުވާން ޖެހޭ - އާޓެޓާ

ހުސެން ހަމްދާން - ޔޫރަޕް | 2 ޖެނުއަރީ 2024 , އަންގާރަ 09:55   461

ދަނޑުގެ ކުރިއާއި ފަހަތުން ރަނގަޅު ނުވެއްޖެނަމަ އާސެނަލްއަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނުލިބޭނެ ކަމަށް މިކެލް އާޓެޓާ ބުނެފިއެވެ.

ބުރާސްފަތި ދުވަހު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތެއް ގެއްލުނީ އަމިއްލަ ދަނޑުގައި ވެސްޓްހަމް އަތުން 2-0 އިން ބަލިވުމުންނެވެ. ނަމަވެސް އާސެނަލް ވަނީ 30 ޝޮޓް ވެސްޓްހަމް ކޮޅަށް އަމާޒު ކޮއްފައެވެ.

ވެސްޓްހަމްއަށް ލަނޑު ޖަހައިދިނީ ޓޯމަސް ސޫސެކް އާއި މަވްރޮޕަނޯސް އެވެ. ސްޓޮޕް ޓައިމްގައި ސައިދު ބެންރަހްމާ ޖެހި ޕެނަލްޓީ ޑޭވިޑް ރާޔާ ދިފާއުކުރި އިރު އާސެނަލްއިން އެންމެ ފަހު ހަތަރު މެޗުން ލިބުނީ އެންމެ ދެ ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި ދެވަނައަށް އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑް އާސެނަލްގައި އޮތް ނަމަވެސް ހަމައެކަނި އެއްވަނައިގައި އޮތް ލިވަޕޫލްގެ ފަހަތުން ގަދަ ފަހެއްގެ ތެރެއިން އެންމެ މަދުން ގޯލް ޖަހާފައި ވަނީ ވެސް އާސެނަލްއެވެ.

ވެސްޓްހަމް އާޓެޓާގެ ޓީމްއާއި ދެކޮޅަށް ކުޅުނު ގޮތަށް ކުޅެގެން އޭނާގެ ޓީމަށް ޗެމްޕިއަންކަން ހޯދިދާނެތޯ ސުވާލު ކުރުމުން ޖަވާބު ދިނީ "އޭއިޔާ ތެރޭގައި ރަނގަޅު ނުވެއްޖެނަމަ ނުވާނެ. ސަބަބަކީ ނިމުމުގައި ގޯލަކީ ހުރިހާވެސް އެއްޗަކީ، މޮޅަށް ކުޅުމެއް ނޫން".

ސެޕްޓެމްބަރު މަހުން ފެށިގެން ބުކާޔޯ ސާކާ އަށް ލީގުގައި ޖެހުނީ އެންމެ ގޯލެކެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން ހުރިހާ މުބާރާތެއްގައި ވެސް ގެބްރިއަލް މާޓިނެލީ ޖެހުނީ އެންމެ ދެ ގޯލެވެ.

އާސެނަލް ދެން ނިކުންނާނީ ފުލްހަމް އާއި ދެކޮޅަށް އާދިއްތަ ދުވަހުއެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.