އެތުލެޓިކޯގެ ފޯވާޑް އަލްވާރޯ މޮރާޓާ ހެޓްރިކް ހޯދައިގެން 3-1 އިން ފަހަތުގައި އޮވެ އަރައި އެއްވަރުވި

ކުޅިވަރު

ޖިރޯނާއިން ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮއްފި

ހުސެން ހަމްދާން - ޔޫރަޕް | 4 ޖެނުއަރީ 2024 , ބުރާސްފަތި 10:15   446

އެތުލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް ފަހުވަގުތު ގޯލް ޖަހައި ރޭ ޖިރޯނާ މޮޅުވެއްޖެއެވެ.

ފަހު ހާފްގެ އިތުރު ވަގުތުގައި އިވާން މާޓިން ޖެހި ގޯލުން ބުދަ ދުވަހު އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން 4-3 އިން މޮޅުވެ ޖިރޯނާ ވަނީ ލަލީގާގައި ރެއާލް މެޑްރިޑާ ޕޮއިންޓް އެއްވަރުކޮށްފައެވެ.

އެތުލެޓިކޯގެ ފޯވާޑް އަލްވާރޯ މޮރާޓާ ހެޓްރިކް ހޯދައިގެން 3-1 އިން ފަހަތުގައި އޮވެ އަރައި އެއްވަރުވި ނަމަވެސް މާޓިން ވަނީ މަތީ ކަނަށް ބޯޅާ ފޮނުވާލުމުގެ ކުރިން މޮޅު ކްލޯސް ކޮންޓްރޯލެއް ދައްކައި ތިން ޕޮއިންޓް ފޭރިގަނެ ޖިރޯނާގެ ސީޒަންގެ މޮޅު ފެށުން ދަމަހައްޓާފައެވެ.

ޖިރޯނާގެ ކޯޗު މިޝެލް މި މޮޅަކީ "ތާރީހީ" މޮޅެއް ކަމަށް ބުނިއެވެ. އެއީ މި މޮޅަކީ އެތުލެޓިކޯ އަތުން ފުރަތަމަ ފަހަރަށް ޖިރޯނާގެ މޮޅެވެ. ސީޒަންގެ މެދުތެރެއިން އޭނާގެ ޓީމުގެ ކާމިޔާބީއައް ބަލައި މީޑިއާތަކުން މި ސީޒަނުގައި ލާލީގާ ކާމިޔާބު ކުރުމުގެ ފުރުސަތުގެ ވާހަކަ އަންނަނީ ދައްކަމުންނެވެ.

ޖިރޯނާ 48 ޕޮއިންޓް ހޯދައިފައިވާއިރު، އޭގެ ކުރިން ބުދަ ދުވަހު މަލާކާ އަތުން 1-0 އިން މޮޅުވި ރެއާލް މެޑްރިޑްގެ ފަހަތުން ޖިރޯނާ ވިއްދާފައި އޮތީ 2 ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތީ 38 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑެވެ.

ޖިރޯނާ އާއި އެތުލެޓިކޯ އިން ދެން ނިކުންނާނީ ސްޕެނިޝް ކަޕްގައި އަންނަ ހޮނިހިރު ދުވަހު އެލްޗޭ އާއި ލުގޯއާ ދެކޮޅަށެވެ.

ޓެގްސް: ލަލީގާ އެތުލެޓިކޯ މެޑްރިޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.