އެމްބާޕޭއަކީ ޕީއެސްޖީގެެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

ކުޅިވަރު

ޕީއެސްޖީގެ މުސްތަގުބަލާ މެދު ގޮތެއް ނުނިންމަން - އެމްބާޕޭ

ހުސެން ހަމްދާން - ޔޫރަޕް | 4 ޖެނުއަރީ 2024 , ބުރާސްފަތި 10:13   627

ޕީއެސްޖީގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާފައި ނުވި ނަމަވެސް ކްލަބަށް ދެރަގޮތެއްވިޔަކަ ނުދޭނެކަމަށް އެމްބާޕޭ ބުނެފިއެވެ.

ކިލިއަން އެމްބާޕޭ ބުދަ ދުވަހު ބުނީ މި ސީޒަނަށް ފަހު ޕެރިސް ސެއިންޓް ޖާމައިންގައި މަޑުކުރުމަށް އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމެއް ނުވަތަ ހިލޭ ޓްރާންސްފާއެއްގައި ވަކިވާނެ ކަމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރެއާލް މެޑްރިޑްގެ އަމާޒަކަށް ވެފައިވާ ފްރާންސްގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ މިދިޔަ އަހަރުގައި ބުނީ ލީގު 1 ގެ ޗެމްޕިއަން ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މާނައަކީ މިހާރު އެހެން ކްލަބުތަކާއެކު މި ސީޒަން ނިމުމުން މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ނަމަވެސް ޓޫލޫސް އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ނޫސްވެރިންއާ ވާހަކަ ދައްކަމުން ބުނީ އޭނާ އަދި އެކަމާ ނުވިސްނާ ކަމަށެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ ވަނީ 2022 ވަނަ އަހަރުގައި ހިލޭ ރެއާލް މެޑްރިޑާ ގުޅުމާ ވަނީ ވަރަށް ގާތްކޮއްފައެވެ.

2017 ވަނަ އަހަރު މޮނާކޯއިން ސޮއިކުރި އެމްބާޕޭ އަކީ ޕީއެސްޖީގެ ހުރިހާ ވަގުތެއްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބާއެކު ލީގު 1 ގެ ފަސް ތަށި ހޯދައިފަ އެވެ. ލީގު 1 ގެ އެއްވަނައިގައި ފަސް ޕޮއިންޓުން ކުރީގައި އޮތް ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށްށެވެ.

ޓެގްސް: ޕީއެސްޖީ ފުޓުބޯޅަ އެމްބާޕޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.