ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ނުދެއްކުނު

ކުޅިވަރު

އެފްއޭ ކަޕުންގައި ލިވަޕޫލުން އާސެނަލް ބަލިކޮއްފި

ހުސެން ހަމްދާން - ޔޫރަޕް | 9 ޖެނުއަރީ 2024 , އަންގާރަ 07:47   445

ޖަކަބް ކިވިއޯގެ އަމިއްލަ ގޯލާއި ލުއިސް ޑިއާޒްގެ ލަސް ސްޓްރައިކަކުން މި ހަފްތާ ބަންދުގައި ކުޅުނު މެޗުން އާސެނަލް އަތުން ލިވަޕޫލް މޮޅުވީ 2-0 އިންނެވެ.

ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލިވަޕޫލްގެ ކެޕްޓަން އާނަލްޑް ފޮނުވާލި ހިލޭ ޖެހުމަކުން ކިވިއޯގެ ބޮލުގައި ގެހިގެން ބައިކަޅަށް ވަދެ ލިވަޕޫލްއިން ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ. އެއަށްފަހު ޑިއާޒް ވަނީ އިތުރު ވަގުތުގައި ގޯލު ޖަހައި ހަތަރު ވަނަ ބުރުން ލިވަޕޫލަށް ޖާގަ ކަށަވަރުކޮށްދީފައެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ނުދެއްކުނުއިރު، އާސެނަލްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިފައެއްނުވެއެވެ. ނަމަވެސް ބްރޭކަށް ފަހު ލިވަޕޫލުން ކުރިއެރުންތަކެއް ހޯދައި ދެ ގޯލް ކާމިޔަބުކުރިއެވެ. އާސެނަލް މިހާރު ވަނީ ވޭތުވެދިޔަ ތިން މެޗުން ހުރިހާ މުބާރާތަކުން ބަލިވެފައެވެ.

"އަހަރެމެން ހާފްޓައިމްގައި އެތެރޭގައި ކަންތައްތައް ބަދަލުކޮށްލީ، އަދި އަހަރެމެން ނުކުމެ ރަނގަޅު ކުޅުމެއްކުޅެ ފުރުސަތުތައް އުފެއްދި،" އެލެގްޒެންޑަރ-އާނަލްޑް ބުންޏެވެ.

ދެވަނަ ހާފުގައި ވެސް އާސެނަލްއިން ފުރުސަތުތައް ހޯދިއިރު، ޑެކްލަން ރައިސްގެ ހުރަހަކުން ބުކަޔޯ ސަކާ ވަނީ ރީތި ވޮލީ ޝޮޓްއެއްވެސް ޖަހާފައެވެ. ނަމަވެސް ގޯލާ ސީދަވާގޮތް ވަނި ނުވެފައެވެ.

ޓެގްސް: ފުޓުބޯޅަ ލިވަރޕޫލް އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.