ިލިއަން އެމްބާޕޭ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކްލަބުގެ މުސްތަގުބަލާމެދު ގޮތެއް ނިންމާނެ

ކުޅިވަރު

ފުޓުބޯޅަ: އެމްބާޕޭ ލިވާޕޫލަށް ދިއުން ދުރެއްނޫން

ހުސެން ހަމްދާން - ޔޫރަޕް | 10 ޖެނުއަރީ 2024 , ބުދަ 08:59   415

މުސްތަގުބަލާ މެދު އެމްބާޕޭ އަދި ގޮތެއް ނުނިންމާއިރު ޕްރިމިއާ ލީގަށް ދިއުންވެސްގާތް ކަމަށް ހަބަރުތަށް ބުނެއެވެ.

ޕެރިސް ސެއިންޓް ޖާމައިންގެ ފޯވާޑް ކިލިއަން އެމްބާޕޭ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކްލަބުގެ މުސްތަގުބަލާމެދު ގޮތެއް ނިންމާނެ ކަމަށް އީއެސްޕީއެން އަށް މައުލޫމާތު ލިބިފައިވާއިރު، ޕެރިސް ސެއިންޓް ޖާމައިން ދޫކޮށްލަން ނިންމާނަމަ އެންމެ ބޮޑަށް ބަދަލުވާނެކަމަށް ބެލެވެނީ ރެއާލް މެޑްރިޑް ނުވަތަ ލިވަޕޫލަށްކަމަށެވެ.

ޕީއެސްޖީގައި ފްރާންސްގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވާއިރު، އެއް އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ޓްރިގަރ ނުކުރާނެއެވެ. މާނައަކީ ބޮސްމަން ޜޫލްގެ ދަށުން ހޫނު މޫސުމުގައި ބަދަލުވުމާ ބެހޭ ގޮތުން އެހެން ކްލަބުތަކާ ވާހަކަ ދައްކަން މިނިވަން އެމްބާޕޭއަށް އޮންނާނެކަމެވެ.

އޭނާ ސޮއިކުރުމަށް ގިނަ ދުވަސްތަކެއްގެ އުންމީދު ކުރަމުން އަންނަ މެޑްރިޑް އަދިވެސް އޮތީ އެންމެ ކުރީގައިއެވެ. އުމުރުން 11 އަހަރުން ފެށިގެން އޭނާ ހޯދުމަށް އެތައް ފަހަރަކު މަސައްކަތް ކުރިއިރު، އެންމެ ގާތަށް އައީ 2022 ވަނަ އަހަރުގެ މެއި މަހު ޕެރިހުގައި މަޑުކުރަން ނިންމުމުގެ ކުރިން އޭނާ ގުޅެން އެއްބަސްވިކަން ޔަގީންވުމުންނެވެ.

ހޯމަ ދުވަހު ފްރާންސްގައި އެމްބާޕޭ މެޑްރިޑާ ގުޅެން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އީއެސްޕީއެންގެ މަސްދަރުތަކުން އެއްބަސްވުމެއް ހެދިފައިވާ ކަމަށް ނުބެލެވެއެވެ.

މަސްދަރުތަކުން އީއެސްޕީއެން އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމްބާޕޭ އަކީ ގިނަ ދުވަސްތަކެއް ވަންދެން ލިވަޕޫލް އާއި ޔާޖެން ކްލޮޕް އަށް ތައުރީފުކުރާ މީހެއް ކަމަށާއި އުމުރުން 25 އަހަރުގެ ފޯވާޑް ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތުވެސް އޮތްކަމަށެވެ. ނަމަވެސް ލިވަޕޫލަށް ބަދަލުވުމަކީ ދުރު ކަމަކަށް ވެދާނެ ކަމަށާއި، އެއީ އޭނާގެ މިހާރުގެ އުޖޫރަ ހަފްތާއަކު ގާތްގަނޑަކަށް 650،000 ޔޫރޯ (712،000 ޑޮލަރު) ލިވަޕޫލަށް ދޭން އުނދަގޫވާނެތީއެވެ.

ޓެގްސް: ފުޓުބޯޅަ އެމްބާޕޭ ލިވަރޕޫލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.