އަޖެންޓީނާގެ ތަރި މެސީ ވަނީ ނިމިދިޔަ ވޯލްޑްކަޕުގެ ފައިނަލްގައި ފްރާންސާއި ދެކޮޅަށް ދެގޯލުޖަހައިދީ ތަށި އުފުލާއދީފައި

ކުޅިވަރު

ފުޓުބޯޅަ: މެސީގެ އަޚްލާޤީ ފެންވަރާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް ޕީއެސްޖީގެ ޗެއަރމަން ބުނެފި

އަލީ އަޒްޔަން - ޔޫރަޕް | 11 ޖެނުއަރީ 2024 , ބުރާސްފަތި 09:06   467

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ޗެއާމަން ނާސިރު އަލް ޚެލައިފީ ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު ލިއޮނަލް މެސީ ދޫކޮށްލުމާ ގުޅިގެން ފްރާންސްގެ ކްލަބަށް "އިހުތިރާމް" ނުކުރާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން މިދިޔަ ސެޕްޓެމްބަރު މަހު ބުނެފައި ވަނީ ވޯލްޑް ކަޕްގައި އޭނާ ދެއްކި ދެވަނައެއް ނެތް މޮޅުކުޅުމެއްކަމަށާއި، އޭގެފަހުން ޕީއެސްޖީން އޭނާއަށް ޙައްޤުވާ ޝަރަފުވެރިކަން ނުދިނުމުން އެކަމާއި ނުރުހޭ ކަމަށެވެ.

ވޯލްޑް ކަޕަށް ފަހު ޕެރިހަށް އެނބުރި އައުމާ ގުޅޭ ގޮތުން އީއެސްޕީއެންގެ މިގް ގްރެނާޑޯސް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ "25 ކުޅުންތެރިންގެ ތެރެއިން [ކްލަބް] ގެ ޝަރަފެއް ނުލިބުނު ހަމައެކަނި ކުޅުންތެރިއަކީ އަހަރެން" ކަމަށެވެ.

އެއަށްފަހު އޭނާ އިތުރަށް ބުނީ "އެއީ ވިސްނޭ ކަމެއް... އަހަރެމެން [އާޖެންޓީނާ] ގެ ސަބަބުން، އެމީހުން [ފްރާންސް] ވޯލްޑް ކަޕް ހިފެހެއްޓިފައި ނުވި" ކަމަށެވެ.

ކޮންޓްރެކްޓް ހަމަވުމުން ޖޫން މަހު ޕީއެސްޖީ ދޫކޮށްލި މެސީއަށް ޕެރިހަށް އެޑެޕްޓްވާން އުނދަގޫވި ކަމަށާއި އެ ކްލަބުގައި ހޭދަކުރި ދެ ސީޒަނުގައި "ޕީއެސްޖީގެ ސަޕޯޓަރުންގެ މުހިންމު ގްރޫޕަކާ އެކު ފްރެކްޗާ" އެއް އޮތް ކަމަށް އެއްބަސްވި ކަމަށެވެ.

ޕެރިހަށް ބަދަލު ނުވިނަމަ ރަނގަޅުވީސްތޯ ސުވާލު ކުރުމުން މެސީ ބުނީ "އެއީ އެގޮތަށް ހިނގި ކަމެއް. އެއީ އަހަރެން ހީކުރި ގޮތަށް ނޫން ނަމަވެސް އަބަދުވެސް ބުނަނީ ކަންކަން ވާން މެދުވެރިވަނީ ސަބަބަކާ ހުރެ. އެތަނުގައި ރަނގަޅު ނުވިޔަސް އެކަން ހިނގީ އެގޮތަށް" ކަމަށެވެ އަހަރެން އެތަނުގައި ހުރިއިރު ދުނިޔޭގެ ޗެމްޕިއަންކަން ހުރިކަން."

މެސީ އަންނަނީ އިންޓަ މިއާމީ ސީއެފްގައި އޭނާގެ ފުޓްބޯޅައާއި އޭނާގެ ދިރިއުޅުން އުފާވެރިކޮށް ހޭދަކުރަމުންނެވެ.

2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޓަ މިއާމީއާ އެކު ކޮންޓްރެކްޓް ހަދާފައިވާ މެސީ އެހާ އަވަހަށް ރިޓަޔާ ކުރުމަކަށް ނުވިސްނައެވެ.

"އަޅުގަނޑު އެކަމާ [ރިޓަޔާ ކުރަން] ވިސްނާފައެއް ނުވޭ، އަޅުގަނޑު އެކަމާ ވިސްނާކަށް ބޭނުމެއް ނޫން، އެއީ އަޅުގަނޑު ކުރާ ކަންތައްތަކުން އުފާ ހޯދައިގެން ކުރިއަށް ދާން ބޭނުންވާތީ،" އޭނާ ބުންޏެވެ. "އަހަރެން މުހިންމު ފިޔަވަޅެއް އެޅީ ޔޫރަޕް ދޫކޮށް މިތަނަށް އައިސް، އަދި ދެން އަޅަންޖެހޭ ފިޔަވަޅަކާ މެދު ވިސްނާކަށް ބޭނުމެއް ނޫން."

މެސީ 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ކުޅޭނެކަން ކަށަވަރުކޮށްދިން ނަމަވެސް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޓެގްސް: ލިއަނެލް މެސީ އާޖެންޓީނާ ފުޓުބޯޅަ ޕީއެސްޖީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.