ނައިޖީރިއާ އާއި އިކުއެޓޯރިއަލް ގާނާ ބައްދަލުކުރި މެޗުގެތެރެއިން

ކުޅިވަރު

އެފްރިކަން ކަޕް އޮފް ނޭޝަންސް: އޮސިމްހެން ގެ ގޯލާއިއެކު ނައިޖީރިއާ އާއި އިކުއެޓޯރިއަލް ގާނާ އެއްވަރު

އަލީ އަޒްޔަން - އެފްރުކާ | 15 ޖެނުއަރީ 2024 , ހޯމަ 22:21   476

CAF އެފްރިކާ ކަޕް އޮފް ނޭޝަންސް 2023 ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު (14 ޖެނުއަރީ) ކުޅުނު މެޗުގައި ނައިޖީރިއާ ވަނީ އިކުއެޓޯރިއަލް ގިނީ އަތުން 1-1 އިން އެއްވަރުވެފަ އެވެ.

އެފްރިކާގެ ތަރި، ފޯވާޑް ވިކްޓަރ އޮސިމްހެން ނައިޖީރިއާއަށް އެއްވަރުކޮށްދިން ނަމަވެސް، ފަހުވަގުތުކޮޅު ލިބުނު މޮޅު ފުރުސަތެއް ގެއްލުނީ، އިވާން ސަލްވާޑޯ އިން އަންޑަޑޮގްސް އަށް ޝޮކް ލީޑެއް ދިނުމުންނެވެ.

މީގެ ދެ އަހަރު ކުރިން ކުއާޓާ ފައިނަލަށް ދަތުރުކުރި މަގުމަތީގައި ގިނަ އުނދަގޫތަކެއް އުފެއްދި މުބާރާތުގެ ޑާކް ހޯސްގެ ގޮތުގައި އިކުއެޓޯރިއަލް ގިނީން ވަނީ އެ ޓީމުގެ އަބުރާ އެއްވަރަށް ކުޅެފަ އެވެ.

އަންޑަޑޮގްސް އިން ލީޑު ނެގީ މެޗުގެ 36 ވަނަ މިނެޓުގައި ހޯސޭ މެޗިން ޓީޑް އަޕް ކުރުމުން ކަނާތު ފައިން ފޮނުވާލި ބޯޅަ އިވާން ސަލްވާޑޯ އެވެ.

ދެވަނަ ހާފް ފެށިގެން ގާތްގަނޑަކަށް ސީދާ ރައްދު ދިނީ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ވިކްޓަރ އޮސިމްހެން އަޑެމޯލާ ލޫކްމަން ދިން ބޯޅަ ގޯލަށް ވައްދާލުމުންނެވެ.

މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް އިކުއެޓޯރިއަލް ގިނީގެ ކީޕަރު ޖީސަސް އޮވޮނޯއާ އެކު ނައިޖީރިއާ ލީޑު ނަގަން އޮސިމްހެން އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ނަޕޯލީގެ ފޯވާޑް ބޮލުގައި ހިފަހައްޓައިގެން ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ދިޔައެވެ.

ބުރާސްފަތި ދުވަހު ނައިޖީރިއާ ބައްދަލުކުރާނީ މުބާރާތް ހުޅުވި ހޯސްޓް ކޯޓްޑިވޯއާ އާއި ގިނީ ބިސާއޯ އަތުން 2-0 އިން މޮޅުވެގެންނެވެ.

ޓެގްސް: ފުޓުބޯޅަ އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.