އާޖެންޓީނާގެ ތަރި މެސީ އަދި ހާލާންޑް

ކުޅިވަރު

ހާލާންޑް ފަހަތަށް ޖައްސާލައި، މެސީ ފީފާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދައިފި

އަލީ އަޒްޔަން - އެހެނިހެން | 17 ޖެނުއަރީ 2024 , ބުދަ 12:36   543

ޔޫރަޕްގެ ސްކެންޑެނީވިއާ ސަރަހައްދުގެ ޤައުމެއްކަމުގައިވާ ނޯވޭގެ ޤައުމީ ޓީމުގެ ސްޓްރައިކަރ، ހާލާންޑް ފަހަތަށް ޖައްސާލައި، މެސީ ފީފާގެ ފަރާތުން ދޭ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހޯމަދުވަހުއެވެ. މިއީ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

އާޖެންޓީނާ އާއި އިންޓަ މިއާމީގެ ފޯވާޑް ލިއޮނަލް މެސީ އަކީ 2023 ވަނަ އަހަރުގެ ފުރަތަމަ ހާފުގައި ޕެރިސް ސެއިންޓް ޖާމައިން އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެސީ އާއި ހާލާންޑް ވާދަކުރީ ވަރަށް ގާތުންނެވެ. ކޮންމެ ކުޅުންތެރިއަކަށް ވެސް ވޯޓުގައި ފުރަތަމަ ލިބުނީ 48 ޕޮއިންޓެވެ. މި ވޯޓުލުން ކުރިއަށް ގެންދެވުނީ ޓީމްތަކުގެ ކޯޗުންނާއި ކެޕްޓަނުން އަދި ނޫސްވެރިންނާއި ފޭނުންގެ މެދުގައެވެ. ކެމްޓަނުންނާއި ފޭނުންގެ މެދުގައި އެންމެ މަޤްބޫލުކަން ހޯދީ މެސީއެވެ. ނަމަވެސް މީޑިއާ އާއި ކޯޗުންގެ މެދުގައި މަޤްބޫލްކަން ބޮޑީ ހާލާންޑްގެއެވެ. އެވޯޑް މެސީއަށް ލިބިފައިވަނީ އެހެންވެއެވެ.

ދެން ވާދަކުރި އެމްބާޕޭ އަށް ލިބުނީ 35 ޕޮއިންޓެވެ.

ޓެގްސް: ލިއަނެލް މެސީ ހާލާންޑް ފީފާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.