އާސެނަލް މޮޅުނުވެ ގިނަދުވަސް ތަކަކަށްފަހު ކްރިސްޓަލް ޕެލަސް އަތުން 5-0 އިން މޮޅުވެ ޕްރިމިއާ ލީގުގެ ތިން ވަނަ އަށް އަރައިފި

ކުޅިވަރު

ކްރިސްޓަލް ޕެލަސް އަތުން 5-0 އިން މޮޅުވެ އާސެނަލް ފޯމަކަށް

ހުސެން ހަމްދާން - ޔޫރަޕް | 22 ޖެނުއަރީ 2024 , ހޯމަ 10:06   489

އާސެނަލް މޮޅުނުވެ ގިނަދުވަސް ތަކަކަށްފަހު ކްރިސްޓަލް ޕެލަސް އަތުން 5-0 އިން މޮޅުވެ ޕްރިމިއާ ލީގުގެ ތިން ވަނަ އަށް އަރައިފިއެވެ.

ކޯނަރަކުން ގެބްރިއަލް ބޮލުން ޖެހި ގޯލާއި ޑީން ހެންޑަސަންގެ އަމިއްލަ ގޯލުން ފުރަތަމަ ހާފުގައި މިކެލް އާޓެޓާގެ ޓީމު ކޮންޓްރޯލް ކުރިއެވެ. 59 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރޮސާޑް ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ބަދަލު ކުޅުންތެރިޔާ ގެބްރިއަލް މާޓިނެލީ ވަނީ އިތުރު ވަގުތުގައި ގާތްގަނޑަކަށް އެއްގޮތް ދެ ލަނޑު ޖަހައި ލީޑް އިތުރުކޮށްދީފަ އެވެ.

އާސެނަލްގެ މި މޮޅާއެކު ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ތިން މެޗުން ބަލިވުން ނިމުމަކަށް ގެނަސްފައެވެ. އާސެނަލް މިހާރު ވަނީ އެސްޓަން ވިލާ އާއި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.

ކްރިސްމަސް ދުވަހުގެ ކުރިން ޕްރިމިއާ ލީގުގެ އެއްވަނާގައި އޮތް ނަމަވެސް ލީގުގެ ފަސް މެޗުން އެއް މޮޅާއެކު ޗެމްޕިއަންކަން ހޯދުމުގެ ޗެލެންޖް ހުއްޓިފައިވާ އާސެނަލްއަށް ފާއިތުވި ހަފްތާތަކަކީ މާޔޫސްކަން ލިބުނު ހަފްތާތަކެކެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.