މިލާންގެ ކީޕަރު މައިކް މައިގްނާން، އޭނާ ވަނީ ހިތްހަމަ ނުޖެހި ދަނޑުން ފައިބާފައި

ކުޅިވަރު

ފުޓުބޯޅަ: މިލާންގެ ކީޕަރަށް ޙަމަލާދިން ފޭނުން ޢުމުރަށް ދަނޑަށް ނުވަދެވޭގޮތް ހަދަނީ

އަލީ އަޒްޔަން - ޔޫރަޕް | 23 ޖެނުއަރީ 2024 , އަންގާރަ 10:12   346

އިޓަލީ ގައި އުޑިނޭސޭ ފުލުހުން މިލާންގެ ކީޕަރަށް ޙަމަލާދިން ފޭނުން ޢުމުރަށް ދަނޑަށް ނުވަދެވޭގޮތް ހަދަން މަސައްކަތް ފަށައިފިއެވެ.

އޭސީ މިލާނަށް ކުޅެމުންއަންނަ، ފްރާންސްގެ ބައިނަލްޢަޤްވާމީ ކުޅުންތެރިޔާގައި މައިކް މައިގްނާން އަށް، ނަސްލީ ތަފާތުކުރުން ގެންގުޅޭ އިބާރާތެއް ތަކުރާރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 46 އަހަރުގެ ފިރިހެނެއް ކަމަށް ހޯމަ ދުވަހު އިޓަލީގެ ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އުދިނޭސޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭނެއް [ބެލުންތެރިޔަކު] ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހަށް ފޮނުވާފައިވާއިރު ޕޮލިސް ކޮމިޝަނަރު ވަނީ ފަސް އަހަރު ދުވަހުގެ ސްޓޭޑިއަމް މަނާކުރުމުގެ ހުކުމެއް ވެސް އޭނާއާ ހަވާލުކޮށްފަ އެވެ.

"ނަސްލީ ތަފާތުކުރުމުގެ އަމަލުތަކުގައި ޒިންމާވާ އިތުރު ފަރާތްތަކެއް ދެނެގަތުމުގެ ގޮތުން ތަހުގީގު ހަރަކާތްތައް ކުރިއަށްދޭ" އެމީހުން އިތުރަށް ބުންޏެވެ.

"ޝަރުއީ އިދާރާތަކުން ދާސްޕޯ ދަނޑު މަނާ ކުރެވިދާނެ ކަމަށް ބެލެވޭ މުއްދަތަކީ ލިމިޓެޑް މުއްދަތެއް ނަމަވެސް މި ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުން މުޅި އުމުރަށް ދަނޑުން ބާކީ ކުރުމަށް މަސައްކަތް ކުރާނަން،" އެންސާއާ ހަވާލާދީ ކޮލަވިނޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުންޏެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ކްލަބުން ބުނީ ނަސްލީ ތަފާތުކުރުމާއި އަނިޔާވެރިކަމުގެ ކޮންމެ އަމަލަކަށް ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި ކުށްވެރިކުރާ" ކަމަށާއި "އެ ހާދިސާ ވަގުތުން ސާފުކުރުމަށް ތަހުގީގުކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން" ކަމަށެވެ.

ޓެގްސް: އިޓަލީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.