ރޯމާގައި އެންމެފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ

ކުޅިވަރު

ފުޓުބޯޅަ : މޮރީނިއޯ ސައުދީ އަރަބިއާގެ ޓީމު އަލް-ޝަބާބުއަށް ޝަޢުޤުވެރިކަމެއް ނެތްކަމަށް ބުނެފި

އަލީ އަޒްޔަން - ޔޫރަޕް | 24 ޖެނުއަރީ 2024 , ބުދަ 08:37   431

އިޓަލީގެ ރޯމާގެ ކޯޗުކަމުން ކަނޑާލާފައިވާ، ޕޯޗުގަލް އަށް ނިސްބަތްވާ ހޯސޭ މޮރީނިއޯ، ސައުދީ އަރަބިއާގެ ޓީމު އަލް-ޝަބާބު އިން ހުށެހެޅި ހުށަހެޅުމަށް ޝަޢުޤުވެރިކަމެއް ނެތްކަމަށް ބުނެފިއެވެ.

ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ޝަބާބުން އެ ކްލަބުގެ އާ ކޯޗަކަށް ވުމަށް ހޯސޭ މޮރީނިއޯ ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދާފައިވާ ކަމަށް އީއެސްޕީއެން އިސް ވެސް ކަށަވަރުކޮށްދީފައިވެއެވެ.

އެ ކްލަބުގެ ސްޕޯޓްސް ޑިރެކްޓަރު ޑޮމެނިކޯ ޓައިޓޭ ވަނީ މިދިޔަ ހަފްތާގައި އޭއެސް ރޯމާއިން ވަކިކުރުމާއެކު މޮރީނިއޯގެ އެޖެންޓް ޖޯޖް މެންޑޭސްއާ މަޝްވަރާކޮށްފަ އެވެ.

ހުކުރު ދުވަހު އުމުރުން 61 އަހަރު ފުރޭ މޮރީނިއޯއަށް ޔޫރަޕްގެ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ ވަގުތު ނަގައިގެން ކަންތައް ކުރަންވީ ގޮތެއް ނިންމަމުން އަންނަ ކަމަށް މަސްދަރުތައް ބުނެއެވެ.

އޭނާއަށް މި ސީޒަނުގައި އިޓަލީގެ އެހެން ކްލަބެއް މެނޭޖް ނުކުރެވޭނެ ކަމަށާއި، އެއް ކެމްޕޭނެއްގައި ސެރީއާގެ ދެ ޓީމަކަށް ކޯޗުކޮށްދިނުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމުން މިސާލަކަށް ނަޕޯލީގެ ޝައުގުވެރިކަން ހުރި ނަމަ އަންނަ ސީޒަނަށް މަޑުކުރަން ޖެހޭނެ ކަމަށެވެ.

މޮރީނިއޯ ވަނީ ޔޫރަޕްގައި މަޑުކުރަން ބޭނުން ނަމަވެސް ހަމައެކަނި ރަނގަޅު ޕްރޮޖެކްޓަކަށް ބޭނުންވާކަމަށް ބުނެފައެވެ.

އޭނާ މިހާރު އެންމެ ފަހުން ކުޅުނު ފަސް ޓީމުން (ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް އަދި ރޯމާ) އިން ވަކިކޮށްފައިވާއިރު އޭނާގެ އަގު ވަނީ ބާޒާރުގައި ދަށްވެފަ އެވެ.

ސައުދީ ޕްރޯ ލީގުގެ 11 ވަނައިގައި އޮތް އަލް ޝަބާބް އޮތީ މި ސީޒަނުގައި ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ 5 މެޗުންނެވެ.

ޓެގްސް: ސައުދީ ޢަރަބިއާ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.