ޖަރުމަނުގެ ޑިފެންޑާރ އެންޓޯނިއޯ ރުޑިގާ ދަޑުމަތީގައި

ކުޅިވަރު

ރުޑިގާ ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް

ދާނިޝް - ޔޫރަޕް | 26 އޭޕުރިލް 2022 , އަންގާރަ 08:41   432

ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ޗެލްސީ ދޫކޮށް މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާއި ގުޅުމަށް ނިންމާފައިވާކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

ރުޑިގާ ޗެލްސީ ދޫކޮށްލަނީ ހިލޭ ޓްރާންސްފާއެއްގައި ކަމަށް މައުލޫމާތުލިބެއެވެ. ރުޑިގާ ޗެލްސީ އަށް ބަދަލުވީ 2017 ވަނަ އަހަރު ރޯމާ ދޫކޮށްލުމަށް ފަހުގައެވެ. ކުޅުންތެރިޔާ ޗެލްސީ ދޫކޮއްލަން ނިންމީ ކުލަބާ ދެމެދު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން އާ ކުރެވެން ނެތުމުންނެވެ.

މިއީ ރަޝިޔާ އާއި ޔޫކްރެއިންގެ މައްސަލައިގައި، ކުލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އެޅި ފިޔަވަޅު ތަކުގެ ސަބަބުން ކުލަބް ހިންގުމަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުންނެވެ.

ރެއާލް މެޑްރިޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އަދި ބަޔާން މިއުނިކުން ވެސް ވަނީ ރުޑިގާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ރެއާލްއާއެކު 4 އަހަރު ދުވަހުގެ ކޮންޓްރެކްޓް އެއްބަސްވުމެއްގައި ރުޑިގާ ވަރަށް އަވަހަށް ސޮއި ކުރާނެކަމަށް މީޑިޔާ ތަކުން މައުލޫމާތު ދެއެވެ. ރުޑިގާ ވަނީ ޗެލްސީ އެކު ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، ޔޫރޮޕާ ލީގު،ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.