މެޗުގެ ތެރެއިން

ކުޅިވަރު

ފޯރިގަދަ މެޗަކަށް ފަހު މެންޗެސްޓާ ސިޓީ އަށް މޮޅެއް

ދާނިޝް - ޔޫރަޕް | 27 އޭޕުރިލް 2022 , ބުދަ 15:53   163

ޗެމްޕިއަންސް ލީގުގެ މެނަޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗް، ފޯރިގަދަ ކުޅުމަކަށް ފަހު 4-3 ގެ ނަތީޖާއަކުން ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ލީޑު ނެގީ، މެޗުގެ ދެވަނަ މިނިޓުގައި ކެވިން ޑި ބްރައިނާ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރިޔާޒު މަހްރޭޒްގެ އެހީތެރިކަމާއެކުގައެވެ. ދެން މެޗުގެ 11 ވަނަ މިނިޓުގައި ޑިބްރައިނާގެ އެހީތެރިކަމާއެކު ގެބްރިއަލް ޖީސުސް ޖަހައިދިން ލަނޑުން ސިޓީއިން ލީޑު ފުޅާކުރިއެވެ.

މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ލަނޑު ޖަހައިނެ ގިނަ ފުރުސަތުތަކެއް ދެ ޓީމުންވެސް ވަނީ ތަނަވަސް ކޮށްފައެވެ.

މެޗުގައި ރެއާލުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑު ބެންޒެމާއެވެ. މި ލަނޑާއެކު މެޗުގެ 35 ވަނަ މިނިޓުގައި ސިޓީއިން ވަނީ ޑިފެންޑަރު ޖޯން ސްޓޯންސްގެ ބަދަލުގައި ފެނާން ޑީނޯ ކުޅެން އަރުވާފައެވެ.

މެޗުގެ ދެވަނަ ހާފު ރެއާލުން ފެށީ ޑޭވިޑް އަލަބާގެ ބަދަލުގައި ނާޗޯ ކުޅެން ނެރެގެންނެވެ. ސިޓީއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 53ވަނަ މިނިޓުގައި ފޯޑެން އޭރިޔާ ބޭރުން ފެނާންޑީނޯ ހުރަސްކުރި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑަކުންނެވެ. މި ލަނޑަށް ފަހު މެޗުގެ 55 ވަނަ މިނިޓުގައި ރެއާލް އިން ވަނީ ލަނޑެއް ޖަހައި ލީޑުގެ ފަރަގު އެނެއްކާވެސް ކުޑަކޮށްފައެވެ. މި ލަނޑު ރެއާލް އަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ އެވެ.

މިޔަށްފަހު ދެ ޓީމުންވެސް ދިޔައީ ލަނަޑު ޖަހަން ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. މިގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ސިޓީއިން ވަނީ 4 ވަނަ ލަނޑުޖަހައިފައެވެ. މި ލަނޑު ކާމިޔާބުކުރީ ބެނާންޑޯ ސިލްވާއެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި ސިޓީގެ ޑިފެންޑަރު ލަޕޯޓޭގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ބެމްޒެމާއެވެ.

މިދެޓީމު ބައްދަލުކުރާ ދެ ވަނަ ލެގު އޮންނާނީއަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ރެއާލްގެސެންތިއާގޯ ބާނަބައު ސްޓޭޑިއަމްގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.