މުބާރާތުގައި ކުޅޭ ދެޓިމަކުން މެޗަކަށް ތައްޔާރުވެފައި

ކުޅިވަރު

ސޯސަން ފުޓްސަލް ކަޕް 2022 ފެށިގެން ކުރިއަށް ދަނީ

އަލީ އަޒްޔަން - އެހެނިހެން | 5 މެއި 2022 , ބުރާސްފަތި 15:17   362

ސޯސަން ފުޓްސަލް ކަޕް 2022 ގެ ނަމުގައި އއ.ތޮއްޑޫގައި ފުޓުބޯޅަ މުބާރާތެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމުބާރާތަކީ ތޮއްޑުއަށް ނިސްބަތްވާ ސޯސަން ކްލަބް އިން އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. އެކްލަބްގެ ފަރާތުން އެކްލަބްގެ ނައިބް ރައީސް މުޢާވިޔަތު އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ މިމުބާރާތަކީ ތޮއްޑޫގައި ބޭއްވޭ މުބާރާތްތަކުގެ ތެރެއިން އަގުބޮޑު މުބާރާތެއް ކަމަށާއި، މިގޮތުން ތައްޓާއި އެކު 35،000 ރުފިޔާ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ލިބޭނެކަމަށެވެ. އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާ ލިބޭނެކަމަށެވެ.

ޓޫކިލޯ ފަދަ މަޝްހޫރު ގިނަ ކުޅުންތެރިން ބައިވެރިވާ މިމުބާރާތުގައި ގްރޫޕް ސްޓޭޖްގެ ގިނަ މެޗްތައް ވަނީ ކުޅެ ނިންމާފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅޭ އެންމެފަހު 4 މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

މިމުބާރާތް ބޭއްވެނީ މުޅިން އަލަށް ޓާފް އެޅިގެން ތައްޔާރުކުރެވިފައިވާ ފެންވަރު ރަނގަޅު ދަނޑެއްގައި ކަމަށް ވެސް މަޢްލޫމާތު ދީފައިވެއެވެ.

މުބާރާތުގެ ސެމީގެ މެޗްތައް ހުކުރު ދުވަހުގެރޭ 9 ޖަހާއިރު ފެށޭނެއެވެ. ފައިނަލް މެޗް ކުޅުމަށް ތާވަލުކުރެވިފައިވަނީ ހޮނިހިރު ދުވަހުގެރޭ 9 ޖަހާއިރުއެވެ.

ސޯސަން ކްލަބުން ވަނީ ތޮއްޑޫ ކައުންސިލާއި ރަށުގެ ގެސްޓްހައުސްތަކުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. ވަކިން ޚާއްސަކޮށް ވިލާ ފައުންޑޭޝަން އަދި ވިލާ ކުންފުންނި، އަދި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާންގެ ނަން ފާހަގަ ކުރެއްވިއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.