ރާއްޖޭގެ ޤައުމީ 19 އަހަރުން ދަށުގެ ފުޓުބޯޅަޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

ކުޅިވަރު

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ފެށުމަށް ތާވަލުކުރެވިފައި

ދާނިޝް - ކ. މާލެ | 22 މެއި 2022 , އާދީއްތަ 15:47   185

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ބާއްވާ 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ ޖުލައި މަހު އިންޑިއާގައި ބާއްވަން ތާވަލުކޮށްފިއެވެ.

މިއީ ކުރިން 19 އަހަރާއި 18 އަހަރުން ދަށަށް ބާއްވަމުން އައި ސާފް ޔޫތު މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 25 އިން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ބުބަނޭޝްވަރުގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ އިންޑިއާ އާއި، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާއެވެ. ފީފާގެ ސަސްޕެންޝަނެއްގައި ޕާކިސްތާން އޮތްއިރު، ބޫޓާންގެ ފުޓްބޯޅަ އޮތީ ހުއްޓުމެއްގައެވެ.

އަހަރުން ދަށުގެ ސާފް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާން ޓީމު ވަރުގަދަ ކުރުމަށް އެފްއޭއެމުން ވަނީ ގިނަމަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން 19 އަހަރުހް ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވައި އެ މުބާރާތުން ފާހަގަކޮށްލެވުނު އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ސްކޮޑެއް އެކުލަވާލައި، ޓީމުގެ ފަރިތިކުރުންތައް ކޯޗު އަޙްމަދު ޝާކިރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުން އެބަދެއެވެ. މި މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާގޮތަށެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. އަދި ޖުލައި މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން ނުކުންނައިރު ޖުލައި މަހުގެ 31 ގައި ރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން އޮގަސްޓް 2 ގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ޓެގްސް: ފުޓުބޯޅަ ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.