ރާއްޖޭގެ 47 ސްކޫލަކުން 1800 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވި، ސްކޫލްތަކުގެ ޤައުމީ އެތްލިކްޓިސް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. އަދި މުޅިއެކު 102 ޙަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ނިންމުމުގެ ރަސްމިއްޔާތުތައް ފެށުނީ ހުކުރުދުވަހުގެ ހަވީރުއެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން (ފަސްޓްލޭޑީ) ފަޒްނާ އަޙްމަދު އެވެ.
މުބާރާތުގައި ވަނަ ވަނަ ހޯދި ފަރާތްތައް:
19 އަހަރުން ދަށް
- ލާލް އިންޓަރނޭޝަނަލް ހައި ސްކޫލް (ފިރިހެން ޗެމްޕިއަން ޓީމް)
- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް (އަންހެން ޗެމްޕިއަން ޓީމް)
- އަޙްމަދު ވިޝާމް، އިމާދުއްދީން ސްކޫލް (އެންމެ މޮޅު ފިރިހެން އެތްލީޓް)

17 އަހަރުން ދަށް
- ގދ. އަތޮޅު ތަޢުލީމީ މަރުކަޒް (ފިރިހެން ޗެމްޕިއަން ޓީމް)
- ޝަރަފުއްދީން ސްކޫލް (އަންހެން ޗެމްޕިއަން ޓީމް)
- އިބްރާހިމް ނާހިލް ނިޒާރު، ގދ. އަތޮޅު ތަޢްލީމީ މަރުކަޒު (ފިރިހެން އެންމެ މޮޅު އެތްލީޓް)
- ޙައްވާ މިޒްނާ ފާއިޒް، ޝަރަފުއްދީން ސްކޫލް (އެންމެ މޮޅު އަންހެން އެތްލީޓް)

15 އަހަރުން ދަށް
- އިސްކަންދަރު ސްކޫލް (ފިރިހެން ޗެމްޕިއަން ޓީމް)
- ޖަލާލުއްދީން ސްކޫލް (އަންހެން ޗެމްޕިއަން ޓީމް)
- ޔޫސުފް އަޔާން އާމިރް، އިސްކަންދަރު ސްކޫލް ( އެންމެ މޮޅު ފިރިހެން އެތުލީޓް)
- މާއިން ފަރީދު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ( އެންމެ މޮޅު އަންހެން އެތުލީޓް)

13 އަހަރުން ދަށް
- ޖަމާލުއްދީން ސްކޫލް (ފިރިހެން ޗެމްޕިއަން ޓީމް)
- އަފީފުއްދީން ސްކޫލް (އަންހެން ޗެމްޕިއަން ޓީމް)



މިލިޔުމާއި ގުޅޭ އިތުރު ލިޔުން : އެތްލެޓިކްސް: 17 އަހަރުން ދަށް، އަންހެން އެއްވަނަ ޝަރަފުއްދީން ސްކޫލަށް