އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ފަހު ޖާގަ ނިއުޒީލެންޑް ކަޓުވައިލައި ކޯސްޓަ ރިކާއިން ކަށަވަރު ކޮށްފިއެވެ.
ކޯސްޓަ ރިކާއިން މިއުޒިލޭންޑާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖައެކުންނެވެ. މި މެޗުގައި ކޯސްޓަ ރިކާއިން ކާމިޔާބު ކުރި ހަމއެކަނި ލަނޑު ކާމިޔަބު ކުރީ މެޗުގެ ތިންވަނަ މިނިޓުގައި ޖަހައި ދިނީ ކުރިން އާސެނަލް އަށް ކުޅުނު ފޯވާޑް ޖޮއެލް ކޭމްބެލް އެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މިއުޒިލެންޑް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. އެއީ މިއުޒިލޭންޑުގެ ކުޅުނަތެރިޔާ ކޮސްޓާ ބަރްބަރޯސެސް އަށް މެޗުގެ 69 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކުމުންނެވެ.

މި މޮޅާއެކު މިއީ ކޮސްޓަ ރިކާ ވޯލްޑް ކަޕަށް ކޮލިފައިވި ހަވަނަ ފަހަރަށް ވާއިރު މިފަހަރު ވާނީ އެޓީމު ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ވޯލްޑް ކަޕަށެވެ. ވޯލްޑް ކަޕުގައި އެޓީމު ހިމެނެނީ 2010 ގެ ޗެމްޕިއަން ސްޕެއިން އާއި ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނާއި އޭޝިއާގެ ގަދަ ބާރު ޖަޕާނާ އެކު އެއް ގުރޫޕެއްގަ އެވެ.
މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.
ވޯލްޑް ކަޕުގެ ގުރޫޕްތައް
ގުރޫޕް އޭ: ގަތަރު، އެކުއެޑޯ، ސެނެގާލް، ނެދަލެންޑްސް
ގުރޫޕް ބީ: އިންގްލެންޑް، އިރާން، އެމެރިކާ، ވޭލްސް
ގުރޫޕް ސީ: އާޖެންޓީނާ، ސައުދީ އަރަބިއާ، މެކްސިކޯ، ޕޮލެންޑް
ގުރޫޕް ޑީ: ފްރާންސް، ޑެންމާކް، ޓިއުނީޝިއާ، އޮސްޓްރޭލިއާ
ގުރޫޕް އީ: ސްޕެއިން، ޖަރުމަން، ޖަޕާން، ކޮސްޓަ ރިކާ
ގުރޫޕް އެފް: ބެލްޖިއަމް، ކެނަޑާ، މޮރޮކޯ، ކްރޮއޭޝިއާ
ގުރޫޕް ޖީ: ބްރެޒިލް، ސާބިއާ، ސްވިޒަލެންޑް، ކެމެރޫން
ގުރޫޕް އެޗް: ޕޯޗުގަލް، ގާނާ، އުރުގުއޭ، ދެކުނު ކޮރެއާ