ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗްގެ ތެރެއިން

ކުޅިވަރު

ލިވަޕޫލާއި ކްރިސްޓަލް ޕެލެސްގެ މެޗް އެއްވަރު

ދާނިޝް - ޔޫރަޕް | 17 އޯގަސްޓު 2022 , ބުދަ 08:00   252

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުގެ ދަނޑުގައި، ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުގެން ނިމިއްޖެއެވެ.

މި މެޗްގައި ދެޓީމުގެ ފަރާތުންވެސް މޮޅު، ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗްގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް ގިނަ ހަމަލާތައް އުފައްދައިފައި ވަނީ ލިވަޕުލުންނެވެ. މެޗްގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ކްރިސްޓަލް ޕެލެސްއިންނެވެ. އެއީ މެޗްގެ 32 ވަނަ މިނިޓުގައި ވިލްފްރެޑް ޒަހާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗްގެ ދެވަނަ ހާފުގެ ކުޅުން ފެށުނީވެސް ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމަކާއި އެކުގައެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލާއި މި ސީޒަންގައި އަލަށް ގުޅުނު ފޯވަޑް ޑަރވިން ނޫނޭޒް އަށް ރަތް ކާޑު ދެއްކިއެވެ. އެއީ ޕެލަސްގެ

ޑިފެންޑަރ ހޯކިމް އެންދަރސަން ކުރި ފައުލަކާއި ގުޅިގެން ހިތްހަމަ ނުޖެހި އޭނާ ގައިގާ ނޫނޭޒް ބޮލުން ޖެހުމާއި ގުޅިގެން ދެކެވުނު ކާޑެކެވެ. މި ކާޑާއި އެކުވެސް ލިވަޕޫލުގެ ކުޅުން ދަށްވެގެން ދިޔަ ކަމަކަށް ނުފެނެއެވެ. އަދި ރަތް ކާޑު ދެއްކިތަނާއި 4 މިނިޓު ފަހުން ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ލުއިސް ޑިއާޒްވަނީ ކާމިޔާބުކޮށް ދިން ގޯލެކެވެ.

މި ލަނޑަށް ފަހު ލިވަޕޫލުގެ ފަރާތުން ކްރިސްޓަލް ޕެލެސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލުކޮށްނުލެވެއެވެ. އަދި ކްރިސްޓަލް ޕެލެސްގެ ފަރާތުންވެސް ވަރަށް މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔައެވެ.މި ނަތީޖާ އާއިއެކު މިވަގުތު ލިވަޕޫލު އޮތީ ތާވަލްގެ 12 ވަނައިގައެވެ. މި މެޗްގައި ދެއްކި ރަތް ކާޑާއެކު ކޯޗް ޔާގެން ކްލޮޕްއަށް އިތުރު މައްސަލަތަކަކާއި ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ޕެލަސް މިވަގުތު އޮތީ އެއް ޕޮއިންޓާއެކު 16 ވަނައިގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.