އައްޑޫސިޓީ ކައުންސިލަރ އަހުމަދު ސައީދު، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މިނިވަން ކެންޑިޑޭޓް

ހަބަރު

އައްޑޫސިޓީ: ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ދެމިހުންނާނަން - އަހުމަދު ސަޢީދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 އޭޕުރިލް 2024 , ހޮނިހިރު 17:35   200

ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، މިނިވަން ކެންޑިޑޭޓް އަހުމަދު ސަޢީދު އަކީ ތަފާތު އެތައް ގޮތަކުން ފާހަގަކޮށްލެވޭ ފަރާތެކެވެ.

އައްޑޫސިޓީ ކައުންސިލަރެއްގެ މަޤާމް ފުރުއްވަމުންގެންދަވާ ސަޢީދު ކައުންސިލަރުކަމުގެ ގޮނޑިއާއި ޙަވާލުވީވެސް މިިވަނެއްގެ ގޮތުގައެވެ. އަދި މިއަދާއި ހަމައަށް ވެސް ހުންނެވީ އެ ސާބިތުކަންމަތީގައެވެ.

އެހެން ކެންޑިޑޭޓުންނާއި ޚިލާފަށް ސަޢީދުގެ ކެމްޕޭން ވެސް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އަގުބޮޑު ބެނާރދަމައި، ކެއުމުގެ ޙަފްލާތައް ބާއްވައި ލޮރީބުރު ޖެހިތަނެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނިގެންދިޔާއި ކުރިއާލައި ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދަވަމުން ގެންދެވިތަނެވެ. ކައުންސިލްގެ ގޮނޑި އާއި ޙަވާލުވެވަޑައިގެންނެވި ފަހުން އުތުރު ދާއިރާގެ ގެއަކަށް ޒިޔާތް ނުކުރާ ދުވަހެއް ނުދާނެކަމަށް މީގެ ކުރިން އެކްސްޕްރެސް ނިއުސް އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައިވެއެވެ.

އެންމެ ގުޅާލަން ފަސޭހަ، މީޑިއާ އާއި ރަށްޓެހި ކައުންސިލަރު

އެކްސްޕްރެސް ނިއުސް އިން ސަޢީދުގެ ގިނަ އިންޓަވިއުތައް ގެނެސްދީފައިވާނެއެވެ. އަދި އަދި މަޢްލޫމާތެއް އޮޅުންފިލުވާލަން ވިޔަސް އަދި އެހެންކަމެއްގައި ވިޔަސް ގުޅާލި ކޮންމެ ފަހަރަކު ފަސްޖެހުމެއްނެތި އެކަމަކަށް ޖަވާބުދާރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އަދި ކުރި ކޮންމެ ސުވާލަކަށް ޖެހިލުމެއްނެތި އެނގިހުރި މަޢްލޫމާތެއް ފޯރުކޮށްދެއްވައެވެ.

ތިރީގައި އެވަނީ ސަޢީދު އެކްސްޕްރެސް ނިއުސްއަށް ދެއްވާފައިވާ އިންޓަވިއުތަކުގެ ތެރެއިން ބައެއް އިންޓަވިއުތެކެވެ. މި އިންޓަވިއުތަކުގެ ވިއުސް އަދި ކޮމެންޓްތަކަށް ބަލާލުމުން ސަޢީދުގެ މަޤްބޫލުކަން މުޅި އައްޑޫގައި އޮތް މިންވަރު ކިތަންމެހާވެސް ބޮޑަކަށް އެނގި ހާމަވެގެންދެއެވެ.

ސަޢީދު ވަނީ ކުރީސަރުކާރު އޮތްއިރު ރަޢީސް ސޯލިޙް އައްޑޫއަށް ވަޑައިގެންނެވުމުން، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫއަށް ވަޑައިގެންނެވުމުން ވެސް އައްޑޫގެ ރައްޔިތުންގެ ނަމުގައި ގިނަ ޝަކުވާތަކެއް ހުށަހަޅުއްވާފައެވެ.

ސަޢީދު ވަކާލާތުކުރައްވަމުން ގެންދަވާ ކަންކަމުގެ ތެރޭގައި މާލެއާއި އެއްއަގެއްގައި އައްޑޫގެ ރައްޔިތުންނަށް، ކާޑާއި، ތެޔޮ، އަދި ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމާއި، ހުއްޓިފައިވާ ޝަންގްރިއްލާގެ މަސައްކަތް ފެށިގެން ދިއުމާއި، ޑޮލަރު އޭޓީއެމް މެޝިނެއް އައްޑޫގައި ބެހެއްޓުމާއި، ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޕާކާއި، ޖިމާއި، ފަތާޓްރެކް ހޯދައިދިނުން ހިމެނެއެވެ.

ވިޒްޔަންވިލާ ކިޔާ ގޮތްނޭނގޭ ކުންފުންޏަކަށް ކައުންސިލުން ބޮޑު ބިމެއް ދޫކުރުމަށް ނިންމުމުން އެކަމާއި ވެސް އިޙްތިޖާޖުކޮށް ވާހަކަދައްކަވާފައިވާއިރު، އައްޑޫ ޓްރަސްޓް ފަންޑުން ޤަވާޢިދާއި ޚިލާފަށް ފައިސާ ބޭނުންކުރަމުންދާ މައްސަލައިގައި ވެސް އަޑުއުފުއްލަވާފައިވެއެވެ.

ސައީދުގެ ފަހުބަސް

އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ވަޢުދުވިގޮތަށް. އަޅުގަނޑަކީ ފޯނާއި ރައްޓެހި މީހެއް. ރައްޔިތުންގެ ޙާލު ނުބަލައި އެންމެ ދުވަހެއް ނުދޭ. ދެކެނީ ދާއިރާގެ ރައްޔިތުންނަކީ ހަމަ އެއްބަޑުއެއްބަފާ މީހުންގެ ގޮތުގައި. ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާއިއެކު ދެމި ހުންނާނަން. މިނިވަން ކެންޑިޑޭޓަކަށް ދެއްވާ ވޯޓަކީ އަޅުގަނޑަށް ދެއްވާ ވޯޓެއްކަމުގައި ހައްދަވައިދެއްވާ.

~ ައަހުމަދު ސަޢީދު

މިލިޔުމާއިގުޅޭ:

އައްޑޫސިޓީ: "އަސްލު މީހާ" - އަހުމަދު ސައީދު މިފަހަރު ހިތަދޫއުތުރު މަޖިލީސް ގޮނޑިއަށް

އައްޑޫސިޓީ، ކާޑު ބެހުމުގައި ރައްޔިތުންނަށް ތަކުލީފު ނުޖެހޭ ގޮތަކަށް ކަންކަންތައް އިންތިޒާމު ވާންޖެހޭ - ކައުންސިލަރ ސަޢީދު

އައްޑޫގައި އެސްޓީއޯ އިން ޕެޓްރޯލާއި ޑީސެލް ވިއްކަނީ އިންތިހާއަށް ބޮޑުއަގުގައި، ވަރަށް ބޮޑު ބޭއިންސާފެއް! - ކައުންސިލަރ ސަޢީދު

އައްޑުސިޓީ ކައުންސިލަރ އަހުމަދު ސަޢީދު ސަރުކާރާއި ސިޓީކައުންސިލަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެ

ކައުންސިލަރ ސަޢީދު، ރައީސަށް ހުށަހެޅުއްވި ކަންކަމަށް އިޖާބަ ނުލިބޭތީ އަނެއްކާވެސް އެސުވާލުތައް ތަކުރާރުކުރައްވައިފި

އައްޑޫ ސްޓޭޑިއަމް ވީރާނާވަމުންދާތީ ކައުންސިލަރ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފި

އައްޑޫ ސިޓީކައުންސިލުން ޓްރަސްޓް ފަންޑުގެ ފައިސާ ބޭނުންކުރަނީ ޤަވާޢިދުތަކާއި ޚިލާފަށް - ސަޢީދު

ޓެގްސް: މަޖިލީސް އިންތިޚާބު އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.