ގްލޯނެޓްގެ ފެއާއެއްގެ ތެރެއިން، މިފަހަރުގެ ފެއާގައިވެސް ބޭރުގެ ޔުނިވާސިޓީތަކުން 50 ޕަސެންޓާއި ހަމަޔަށް ކޯސްފީއިން ޑިސްކައުންޓް ދޭނެ

ހަބަރު

ކިޔަވަން ބޭރަށް ދާންބޭނުންވާ ދަރިވަރުންނަށް ޚާއްސަ، "ގްލޯނެޓް" ފެއާ ހުކުރުދުވަހު ހަވީރު އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 31 އޯގަސްޓު 2022 , ބުދަ 21:03   814

ރާއްޖެއިން ބޭރަށް ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ދާން ބޭނުންވާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ ގްލޯނެޓް ފެއާއެއް އައްޑޫ ސިޓީގައި، މިއަންނަ ހުކުރު ދުވަހު ހަވީރު 4.00 އިން 6.00 އަށް އޮންނާނެއެވެ.

ޖުމްލަ ބޭރުގެ 11 ޔުނިވާސިޓީއަކުން ބައިވެރިވާ މިފެއާ އޮންނާނީ އައްޑޫ ހައިސްކޫލް ހޯލުގައެވެ. މިއީ ގްލޯނެޓުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 28 ވަނަ އެޑިއުކޭޝަން ފެއާއެވެ.

މިފެއަރގެ ތެރެއިން ފުރުޞަތު ހޯދާ ދަރިވަރުންނަށް، ސްކޯލާރޝިޕްގެ ގޮތުގައި، ބޭރުގެ މަޤްބޫލު ޔުނިވާސިޓީތަކުގެ ކޯސްފީ އިން 50 ޕަސެންޓާއި ހަމަޔަށް ޑިސްކައުންޓު ދޭނެއެވެ.

މިފެއަރ އިންތިޒާމު ކުރާފަރާތުން އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވީ، މިފެއާގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންނާއި ބެލެނިވެރިން މަތީ ތަޢްލީމުގެ ފުރުޞަތުތަކަށް ހޭލުންތެރިކުރުވުން ކަމަށެވެ. އޭގެ އިތުރުން ވެސް ސާނަވީ އަދި މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމުގައި ރަނގަޅު ނަތީޖާހޯދުމަށް ހިތްވަރުދިނުންވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.

އަޅުގަނޑުމެން އެދެން ބެލެނިވެރިން ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަރިވަރުން މިފަދަ ފެއާތަކަށް ގެންދެވުމަށް. ނުވަތަ ފޮނުވައި ދިނުމަށް. އަޅުގަނޑުމެން ދަރިވަރުންނަށް ރަނގަޅު ކޯހާއި ކޮލެޖް އިޚްތިޔާރުކުރުމުގައި އެހީތެރިވެދެން. އަދި ޚަރަދުތަކުގެ ތަފްޞީލު މަޢްލޫމާތު ފޯރުކޮށްދެން.

އަޅުގަނޑުމެން ބޭނުންވޭ ޒުވާނުންގެ ހިތުގައި މަތީ ތަޢުލީމަށް އޮންނަ ޝައުގުވެރިކަން ވެސް އިތުރުކުރަން މަސައްކަތްކުރަން. މައިންބަފައިންނާއި އެކު ދަރިވަރުން މިފަދަ ފެއާތަކަށް އައުމުން، އަޅުގަނޑުމެން އެ މަޢްލޫމާތުތައް ފޯރުކޮށްދެމުންދާއިރު އެކުދިން ހިތްވަރުއާވޭ. އަދި އެފަދަކަންކަމުން ދަރިވަރުން ރަނގަޅު ނަތީޖާ ހޯދަން، ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާކަމަށް ދިރާސާތަކުން ދައްކާ.

~ ނަސީމު އަހުމަދު، ގްލޯނެޓް

ގްލޯނެޓުން ބާއްވާ މިފެއާ މިއަދު 17.00 އިން 21.00 އަށް މާލޭ، މީރުމާ އިވެންޓް ހޯލުގައި ކުރިއަށް ދާނެއެވެ. އަދި އައްޑޫ ސިޓީގައި ހުކުރުދުވަހު މިފެއާ ބޭއްވުމަށްފަހު، އާދީއްތަ ދުވަހު ހެނދުނު 10.00 އިން 13.00 އަށް ފުވައްމުލައް ސިޓީގައި ވެސް ބާއްވާނެއެވެ.

މިފެއަރ ގައި ބައިވެރިވާ ޔުނިވާސިޓީތަކުގެ ލިސްޓު:

  1. މޮނާޝް ޔުނިވާރސިޓީ، މެލޭޝިޔާ
  2. ޔުނިވާރސިޓީ އޮފް ނޮޓިންގްހަމް، މެލޭޝިޔާ
  3. އޭޝިއާ ޕެސިފިކް ޔުނިވާރސިޓީ އޮފް ޓެކެނޮލޮޖީ އެންޑް އިނޮވޭޝަނ،ް މެލޭޝިޔާ
  4. އިންޓަރނޭޝަނަލް މެޑިކަލް ޔުނިވާރސިޓީ ،މެލޭޝިޔާ
  5. ޓޭލާރސް ޔުނިވާރސިޓީ، މެލޭޝިޔާ
  6. ސަންވޭ ޔުނިވާރސިޓީ ، މެލޭޝިޔާ
  7. ހެރިއޮ ވަޓް ޔުނިވާރސިޓީ، މަލޭޝިޔާ
  8. ޔޫ ސީ އައި އެސް ޔުނިވާރސިޓ،ީ މެލެޝިޔާ
  9. އިންޓަރނޭޝަނަލް މެޑިކަލް ޔުނިވާރސިޓ،ީ މެލޭޝިޔާ
  10. ގްރިފިތް ކޮލެޖ،ް ރިޕަބްލިކް އޮފް އަޔަރލެންޑް
  11. ކަތަމަންޑޫ މެޑިކަލް ކޮލެޖ،ް ނޭޕާލް

މިލިޔުމާއި ގުޅޭ:

މިސްވޯލްޑް ސާބިއާ ފުވައްމުލައްސިޓީ ގައި

މިސް ވޯލްޑް ސާބިއާ އައްޑޫ ސިޓީގައި، ބޭނުން ވަނީ ދިވެހި ލިބާހެއް ލާން

ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯ-ސެކަންޑް އެޑިޝަން ފެށިގެން ކުރިއަށް ދަނީ

ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ، ދެވަނަ އެޑިޝަން ކުރިއަށް އޮތް ހަފްތާ ބަންދުގައި ފެށޭނެ

ސަދަން މޯލްޑިވެސް ބިޒިނަސް އެކްސްޕޯ ދެވަނަ އެޑިޝަން: މި މަހުގެ 28 ގައި ފެށުމަށް ތައްޔާރުވަނީ

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.