އެންޓޯނިއޯ ގުޓެރޭޒް (ވމ) ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއި އެކު، ރިލީފް ކޭމްޕެއްގައި ކުޑަކުއްޖަކާއި ވާހަކަދައްކަވަނީ

ދުނިޔެ

ފެންބޮޑުވި ސަރައްހައްދު ބެލުމަށްޓަކައި، އ.ދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ޕާކީސްތާނުގައި

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 11 ސެޕްޓެންބަރ 2022 , އާދީއްތަ 09:26   353

އ.ދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާގައި ލިބުނު ގެއްލުންތައް ވަޒަން ކުރުމުގެ ގޮތުންނާއި، ކާރިސާއާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއްގައި، ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަޙައްދުތަކަށް ބޯ ވާރޭގެ ސަބަބުންނާއި ގަނޑުފެން ވިރުމުގެ ސަބަބުން ފެނބޮޑުވެ، އެތައް ސަތޭކަ ބަޔަކު މަރުވެ، ގެތަކާއި، މަގުތަކަށް، އަދި މީހުންގެ މުދަލާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އެތައް ހާސް މީހުން ވަނީ ގެދޮރު ދޫކޮށް ސަލާމަތީ ސަރަޙައްދުތަކަށް ބަދަލުވެފައެވެ.

ސަރުކާރުން ބުނެފައިވަނީ، މިކާރިސާގެ ސަބަބުން 33 މިލިއަން މީހުންގެ ޢާއްމު ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި 20 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ސަރުކާރުން ތުހުމަތު ކުރާގޮތުން، މިކާރިސާ އާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ބޮޑު ގުޅުމެއް އެބައޮތެވެ.

ޕާކިސްތާނަށް މިވަނީ އަންދާޒާކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައި. ޕާކިސްތާނަށް މާލީ އެހީތެރިކަން އިންތިހާއަށް އެބަ ބޭނުންވޭ. މިލިބުނު ގެއްލުމަކީ އެގައުމުން ކުރި ކުށަކުން ދިމާވިކަމެއް ނޫން. ގްރީންހައުސް ގޭސްތަކުން މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ މެދުވެރިވަމުން. މިއީ އެއްގޮތަކަށް ވެސް އިންސާފުވެރި ގޮތެއް ނޫން.

~ ގުޓެރޭސް، އ.ދ. ގެ ސެކެޓްރީ ޖެނެރަލް

މިލިޔުމާއި ގުޅޭ:

ޕާކިސްތާން، 10 ބިލިއަން ޑޮލަރުގެ ގެއްލުންވެ، އިތުރު އެހީތެރިކަމަށް އެދިއްޖެ

ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައި

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަބަޔަކު މަރުވެ، އެހީއަށް އެދިއްޖެ

ޓެގްސް: ޕާކިސްތާން ފެންބޮޑުވުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.